ބީއެމްއެލް އިންޓަރނެޓް ބޭންކިންގ؛ ފޮޓޯ / ވޮއިސް
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ؛ ފޮޓޯ / ވޮއިސް
ވިޔަފާރި 15 Sep 2026 | 14:10

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ އާއި ދަތުރުފަތުރާއި ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފިއެވެ.

އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް ކަމަށާއި އެ ދާއިރާއަށް 304 މިލިޔަން ޑޮލަރު ހޭދަވެފައިވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އޮންލައިން ވިޔަފާރިއާއި ޑިޖިޓަލް ސަބްސްކްރިޕްޝަންތަކާއި ދަތުރުފަތުރުގެ ބުކިންގ ހެދުމާއި ރާއްޖެއިން ބޭރުގައި ކުރާ ތަފާތު ޚަރަދުތަކަށް ގިނަ ޢަދަދެއްގެ މީހުން ކާޑު ބޭނުންކުރާ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު ޢަދަދެއް ކަނޑައެޅިފައިވަނީ ޓީޓީގެ ދާއިރާއަށް ކަމަށް ވާއިރު އެ ގޮތުން 214 މިލިޔަން ޑޮލަރު ނުވަތަ މަހެއްގެ މައްޗަށް 27 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. މި ޑޮލަރު ސީދާ ދޫކުރެވެނީ ވިޔަފާރިތަކަށް ނަމަވެސް ރާއްޖެއަކީ ކާބޯތަކެއްޗާއި އަސާސީ މުދާ އެތެރެކުރުމަށް ބޭރަށް ބަރޯސާވާ ޤައުމަކަށް ވުމުން އެ ޑޮލަރުގެ ފައިދާ މުޅި ރައްޔިތުންނަށް ލިބިގެންދާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށްދެވުމުން ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކި މުދާ އެތެރެކުރުމުގެ ނިޒާމު މެދުނުކެނޑި ކުރިއަށް ގެންދެވޭ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ.

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވިއްކާ 500 ޑޮލަރުގެ ބައިން މިހާތަނަށް 75 މިލިޔަން ޑޮލަރު ދޫކޮށްފައިވާ އިރު ތަޢުލީމީ ޚަރަދުތަކަށް 32 މިލިޔަން ޑޮލަރު އަދި ޞިއްޙީ ފަރުވާ އަށް 27 މިލިޔަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. ދިވެހިން ބޭރަށް ކުރާ ދަތުރުތަކުގެ ތެރޭގައި ޗުއްޓީ ދަތުރުތަކުގެ އިތުރުން އާއިލީ ޒިޔާރަތްތަކާއި ރަސްމީ އަދި ވިޔަފާރި ދަތުރުތައް ހިމެނޭ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

މި ޢަދަދުތަކުން ދައްކައިދެނީ ޢާންމު ދިރިއުޅުމުގެ މުޢާމަލާތްތަކާއި ޤައުމަށް ބޭނުންވާ މުދާ އެތެރެކުރުމާއި ބޭރުގައި ކިޔަވާ ދަރިވަރުންނާއި ބޭސްފަރުވާ ހޯދާ ޢާއިލާތަކަށް ޑޮލަރު ފޯރުކޮށްދިނުމުގައި ބީއެމްއެލުން އަދާކުރާ ދައުރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...

މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026 ވިޔަފާރި

މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ

މިރެއިން ފެށިގެން، ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލުމަށް ނިންމައިފި އެވެ. ބެންކު އޮފް މޯލްޑިވްސް (ބީއ...