ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު 25 Oct 2026 | 08:22

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ގެނައުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ބީއެމްއެލް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބީސީސީ އާ ގުޅިގެން ފަހިކޮށްދޭ މި ފުރުސަތުގެ ދަށުން، އެކެއް ނޮވެމްބަރުން ފެށިގެން، ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، އާދެ، ރާއްޖެއިން ބޭރުގެ ބައިނަލްއަޤްވާމީ ބާޒާރުގަ މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ޤައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް އެކެއް ނޮވެމްބަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.

ރަޢީސް މުޢިއްޒު

މީގެއިތުރުން، އެ ގޮތަށް ޑޮލަރުން ލިބޭ ފައިސާ ބޭނުންކޮށްގެން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ ގޮތްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ،"

ރައީސް މުޢިއްޒު

ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ޑިޖިޓަލް ވަސީލަތްތަކަށް ފައިސާ ދެއްކުމުގައި ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް އިތުރަށް ވިދާޅުވީ، އެ ވިޔަފާރިތަކުން ބޭނުންކުރާ އެކިއެކި ޚިދުމަތްތަކަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައް އެއްވެސް ދަތިކަމެއް ނެތި ދެއްކޭނެ އިންތިޒާމުވެސް ނޮވެމްބަރު 1 އިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.

މި ވިޔަފާރިތަކުން ބޭނުންކުރާ ޚިދުމަތަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަންތައް ފަދަ ތަކެތި ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައް ދަތިނުވާނެހެން ދެއްކޭނެ އިންތިޒާމްވެސް ހަމަ އެކެއް ނޮވެމްބަރުން ފެށިގެން އިރާދުކުރެއްވިއްޔާ ހަމަޖެހޭނެ

ރައީސް މުޢިއްޒު

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް،1 ޖެނުއަރީ 2027 އިން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު، ޓެކްސް އޮފްސެޓް ކުރުމާއި ޖީއެސްޓީ ތްރެޝޯލްޑަށް ބަދަލު ގެންނަވާނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ (ކަނޑައިދެވޭނެ) ގޮތް ހަމަޖެހިފައިވާކަމަށާ، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް، 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރެވޭނެކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ލުއިތައް ދެވިގެން ދިޔުމުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ (އެމްއެސްއެމްއީ) ދާއިރާގައި މަސައްކަތްކުރާ އެތައް ފަރާތްތަކަކަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަށް ހައްލު ލިބި، މަސައްކަތްތައް އިންތިހާއަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު
15 Nov 2026 ހަބަރު

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު

ޑރ.އަޒުވަރު ވިދާޅުވީ ރަށްރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި އިންޖީނުގޭތައް ނަގައި މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ބޮޑު ބައެއް، އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!
15 Nov 2026 ހަބަރު

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވަފުދަކުން ޗައިނާގެ ހައިނާންއަށް ކުރި ރަސްމީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އަގުހުރި އަމަލީ ތަޖުރިބާތަކެއް ހޯދައިފިއެވެ.

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް
15 Nov 2026 ހަބަރު

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް

މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވާސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ
15 Nov 2026 ހަބަރު

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ

ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި
15 Nov 2026 ހަބަރު

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން، އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން ކުރިއަށްގެންދާ މުހިންމު ޤައުމީ ހަރަކާތެކެވެ.

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 Nov 2026 ހަބަރު

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރ. އިނގުރައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ވަޑާންވެރިންގެ ރަށް، އުރީދޫ މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި
15 Nov 2026 ހަބަރު

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި

މިދިޔަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި
15 Nov 2026 ހަބަރު

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ރަސްމީ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ ހަތަރުވަނަ އަދަދު ނެރެ، އާންމުކޮށްފިއެވެ.