މާލޭގައި މީހަކު ރަހީނުކޮށްފި
ވެރިރަށް މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެމީހާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު މާލެއިން ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުން ކަމަށެވެ. އެއީ 19 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް