ލުތުފީގެ މައްސަލައިގައި މާދަމާ ހޯމް މިނިސްޓަރާއި ސުވާލުކުރާނެ!
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެއަށް ގެނައުމާއި ބެހޭގޮތުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲއާއި ސުވާލުކުރާ ގޮތަށް އެޖެންޑާކޮށްފިއެވެ.
މާދަމާގެ ޖަލްސާގައި މިނިސްޓަރ އިމްރާނާއި ސުވާލުކުރައްވާގޮތަށް ހަމަޖެހިފައިވަނީ ނޮޅިވަރަމް ދާޢިރާގެ މެންބަރު މުޙައްމަދު ނަޝީދެވެ.
މެންބަރު ނަޝީދު ކުރައްވަން ހަމަޖެހިފައިވާ ސުވާލަކީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް މި ވަގުތާއި ހަމަޔަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.
ލުތުފީ ވަނީ މެއި މަހުގެ އެއްވަނަ ދުވަހު ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި އަމިއްލައަށް ހަވާލުވެފައެވެ. އޭނާ ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް