ފޭސް ދޭއް ޕޮލިހާ ހުޅުމާލެ އެކަޑަމިކް ސެންޓަރ ގުޅިގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ހުޅުމާލެ ފޭސްގައި ޤާއިމްކޮށްފައިވާ ފުލުހުންގެ ޔުނިޓާއި، ހުޅުމާލެ އެކަޑަމިކް ސެންޓަރ ގުޅިގެން ކުރިއަށްގެންދާ ވިދުވަރު ޤުރުއާން މުބާރާތް ފަށައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ކުރިއަށްގެންދާ މި މުބާރާތް ބާއްވާ މިއީ ދެވަނަ އަހަރެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނީ، މިފަހަރުގެ މުބާރާތުގައި 235 ދަރިވަރުން ބައިވެރިވާކަމަށާއި، މުބާރާތުގެ ކިޔެވުން ކުރިއަށްގެންދަނީ ފޭސް ދޭއްގައި ހުންނަ ސޮލާހުއްދީން ސްކޫލްގައި ކަމަށެވެ.
މި މުބާރާތުގައި ކިޔެވުން ކުރިއަށްގެންދަނީ 3 ޢުމުރު ފުރައަކަށް ބަހާލައިގެންނެވެ. ކޮންމެ ޢުމުރުފުރައެއްގެވެސް ބަލައިގެން ކިޔެވުން އަދި ނުބަލައި ކިޔެވުމުގެ ބައި ހިމަނާފައިވެއެވެެ. ކޮންމެ ގޮތްޕަކުންވެސް ގަދަ 5 ހޮވައި އަދި 1، 2، 3 ވަނަ ހޮވުމުގެ އިތުރުން މުޅި މުބާރާތުން 1، 2، 3 ހޮވާޤޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ކިޔަވާ ޢުމުރުފުރާތަކަކީ:
1. ޢުމުރުން 6 އަހަރާއި 8 އަހަރު (ބަލައިގެން އަދި ނުބަލައި)
2. ޢުމުރުން 9 އަހަރާއި 11 އަހަރު (ބަލައިގެން އަދި ނުބަލައި)
3. ޢުމުރުން 12 އަހަރާއި 14 އަހަރު (ބަލައިގެން އަދި ނުބަލައި)

މި މުބާރާތުގެ މައިގަނޑު މަޤުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސުވައި، މި މާތް މައްސަރުގައި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ އެމްޕީއެލް، އެހީ ޖަމްޢިއްޔާ އަދި އެޗްޑީސީއެވެ. ސަޕޯޓިން ޕާރޓްނަރުންގެ ގޮތުގައި ކޮމަނާސް، ލިންކްޑް އިން، ޕިރަމިޑް، އަދި ޖަމްޢިއްޔަތުއް ރަހުމާ ވަނީ ބައިވެރިވެއެވެ. މީޑިއާރ ޕާރޓްނަރަކީ ވޮއިސް އެމްވީ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް