އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިކަމަށް އޮތް ރަސްމިއްޔާތެއްގައި، ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
މި އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ އެވެ.
ހަ ބުރީގެ އުސްމިނަށް ބިނާ ކުރާ މި އިމާރާތުގައި، އެ އޮފީހުގެ މުއައްޒަފުންނަށް، އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނުމުގެ އިތުރުން، މުއައްޒަފުންނަށް ޑޭކެއަރ ސެންޓަރަކާއި ޕާކް ކުރާނެ ޖާގަ ހިމެނޭނެއެވެ.
މީގެ އިތުރުންވެސް އަލަށް ބިނާ ކުރެވޭ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް