މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ބައިތިއްބަނީ
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނ.މަނަދޫގައި އޮތް ޖަލްސާއެއްގައި މިއަދު ވާހަކަފުުޅު ދައްކަވަމުން ހާމަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ތެރެއަށް އިތުރު މީހުން ވައްދަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
" ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ރަނގަޅަށް ލިބޭ ގޮތް ހަދައިދޭން ޖެހޭ. އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން. ވާހަކަ ދައްކާނަން." ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ދަނީ ފުުލުހުންގެ ހިންގުމުގެ ނިޒާމާއި އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް