ޕޮލަންޑުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ
ޕޮލަންޑުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ
ކުޅިވަރު 26 Oct 2022 | 16:37

އާޖެންޓީނާ އަކީ ފެވަރިޓުން، ޕޮލެންޑަށް އުނދަގޫވާނެ: ލެވަންޑޯސްކީ

ޓީމު އޮތް ހާލަތާއި ފޯމަށް ބަލާއިރު މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕު ކާމިޔާބުކުރާނެ ޓީމުތަކުގެ ތެރެއިން އެންމެ ފެވަރިޓު ޓީމަކީ އާޖެންޓީނާ ކަމަށާއި ޕޮލެންޑަށް ފުރަތަމަ ފެށުން ވެސް އޮތީ އުނދަގޫކޮށް ކަމަށް ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ ބުނެފިއެވެ.

ފީފާ ގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ލެވަންޑޮސްކީ ބުނީ ގްރޫޕް ސްޓޭޖު ފަހަނަައަޅާ ދިއުމަށް ޕޮލެންޑަށް އޮތީ އުނދަގޫ ހާލަތެއް ކަމަށާއި ނަމަވެސް އެއީ ޓީމު ފަހަތަށް ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

މުބާރާތުގައި ޕޮލެންޑް ލައްވާލާފައިވަނީ އާޖެންޓީނާ، ސައުދީ އަރަބިއްޔާ އަދި މެކްސިކޯ އާއެކު ގްރޫޕް ސީގައެވެ. މި ގްރޫޕުން އެންމެ ފެވަރިޓް ޓީމުގެ ތެރޭގައި ހިމެނެނީ އެންމެފަހުން ކޮޕަ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާ އެވެ.

ލެވަންޑޮސްކީ ބުނީ މި މުބާރާތުން ގިނަ ތަފާތުތަކެއް ދައްކަން ބޭނުންވާ ކަަމަށާއި އަމާޒަކީ މި ވޯލްޑްކަޕުގައި ޕޮލެންޑަށް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދިނުން ކަމަށެވެ.

ބަހަނާތަކެއް ދެއްކުމުގެ ބޭނުމެއް ނެތް ކަން ފާހަގަކުރަމުން އޭނާ ބުނީ މި ގްރޫޕު ފަހަނައަޅާ ދިއުމަށް ބުރަ މަސައްކަތްތަކެއް ގައުމަށްޓަކާ ކުރާނެ ކަމަށެވެ.

މި ގްރޫޕުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ލެވަންޑޮސްކީ ގަބޫލުކުރަނީ އާޖެންޓީނާ އެވެ. އަދި މި މުބާރާތުގައި ވާދަކުރާ މެކްސިކޯ ޓީމަކީ ވެސް އުނދަގޫ ޓީމަކަށް ވާނެކަން ގަބޫލުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕޮލެންޑު ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ލެވަންޑޯސްކީ ގަބޫލުކުރާ ގޮތުގައި މި މެޗުން އެ ޓީމު މޮޅުވުން މަޖުބޫރެވެ. އަދި މުބާރާތުން ކުރިޔަށްދިއުމަށް މި މެޗުގައި މޮޅު ކުޅުމެއް ދައްކަން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް