ރޭމެރިންގެ އެކްސިއަމް ޗާޓްޕްލޮޓަރުގެ ސްކްރީން 25 އިންސައްތަ އިތުރަށް އަލިކޮށްފި
ރޭމެރިން ކުންފުނިން އުޅަނދުތަކުގައި ބޭނުންކުރާ ޗާޓްޕްލޮޓަރުގެ އާ ޖީލެއްކަމުގައިވާ އެކްސިއަމް+ ކުރީގެ ވާޝަނަށްވުރެ 25 އިންސައްތަ އިތުރަށް އަލި، ހަލުވި ޕްރޮސެސަރެއް ހިމެނޭ ސްކްރީނަކާއެކު ތައާރަފުކޮށްފިއެވެ.
އެ ކުންފުނިން ބުނާ ގޮތުގައި، ކޮންމެ މޫސުމެއްގައި ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެކްސިއަމް+ ގެ ސްކްރީންތަކުގެ ރިޒޮލިއުޝަން ކުރީގެ ޖީލަށްވުރެ މަތިކޮށްފައިވެއެވެ. ސްކްރީނުގެ އަލިކަން 1,800 ނިޓްސް އަށް އަރާތީ، ވަރަށް ހަރު އިރުއަލިކަމުގައި ވެސް ފަސޭހައިން ފެންނާނެ ކަމަށް ކުންފުނިން ބުނެއެވެ. އަދި ޗާޓްތަކާއި ސޯނަރާއި ރެޑާރާއި ވީޑިއޯގެ ކުލަތައް ފާޅުކޮށް ދައްކައިދިނުމަށް އައިޕީއެސް ޑިސްޕްލޭ ޓެކްނޮލޮޖީ ވެސް ރަނގަޅުކޮށްފައިވާއިރު، ތަފާތު އަލިކަމަށް ފެތޭ ގޮތަށް ލައިޓްހައުސްގެ ކުލަތަކުގެ ތީމްތައް ވެސް ހިމެނެއެވެ.
ސްކްރީން ހަދާފައިވަނީ ހައިޑްރޯޓަފް ނޭނޯ ކޯޓިން ލާފައިވާ، ތަޅުމަކަށް ފަސޭހައިން ގެއްލުން ނުލިބޭ ގޮތަށެވެ. އެ ކޯޓިންގެ ސަބަބުން ފެނާއި ތެލާއި ތިކިތައް ސްކްރީނަށް ނުހަރުލާއިރު، ތެތްވެފައިވާ ސްކްރީނުގައި ވެސް ޓަޗު ރަނގަޅަށް މަސައްކަތްކުރާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
ކުންފުނިން ބުނާ ގޮތުގައި ކުއަޑް ކޯ ޕްރޮސެސަރެއް ހިމަނާފައިވާތީ، ލައިޓްހައުސް، ނެވިއޮނިކްސް އަދި ސީމެޕްގެ އިލެކްޓްރޯނިކް ޗާޓްތައް ލަސްނުވެ އަލުން ފެންނަން ފަށާނެއެވެ. ޕްރޮސެސަރާއެކު ޒާތީ މައުލޫމާތާއި އެޕްތަކަށް ޖާގަ އިތުރުކޮށްފައިވާއިރު، ބޭނުންކުރަން ފަސޭހަ ލައިޓްހައުސް އޮޕަރޭޓިންގ ސިސްޓަމް ވެސް އޭގައި ހިމެނެއެވެ.
މި ޗާޓްޕްލޮޓަރާ ގިނަ ސްކްރީންތަކާއި، ރެޑާރާއި، އިންޖީނާއި، ކަނޑުމަތީގައި ބޭނުންކުރާ ކެމެރާ ފަދަ ތަކެތި ގުޅާލެވޭނެއެވެ. ސޮލިޑް ސްޓޭޓް ރެޑާރާއި ފްލިއާގެ ތާމަލް ކެމެރާ ވެސް ގުޅާލެވޭއިރު، ކެމެރާއެއް ގުޅާލުމުން ކްލިއަރކްރޫޒް އޯގްމެންޓެޑް ރިއަލިޓީ ބޭނުންކޮށް ދަތުރުކުރެވޭނެ ކަމަށް ކުންފުނިން ބުނެއެވެ. އެ ޓެކްނޮލޮޖީން ވަށައިގެން ހުރި ތަކެތި ހައި ޑެފިނިޝަނުން ދައްކައިދޭއިރު، އޭގެ ތެރޭގައި އޭއައިއެސް ޓާގެޓްތަކާއި ނެވިގޭޝަން އެއިޑްސް އަދި ވޭޕޮއިންޓްތައް ހިމެނެއެވެ.
ސަލާމަތީ ގޮތުން، އުޅަނދުފަހަރު ގިނަ ސަރަހައްދުތަކުގައި ދަތުރުކުރުމަށް ފަސޭހަވާނެ ގޮތަށް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ރިސީވަރ (އޭއައިއެސް) ވެސް ހިމަނާލެވޭނެއެވެ. އަދި ކުއަންޓަމް އާއި ސައިކްލޯން ރެޑާރު ގުޅާލުމުން ޑޮޕްލާ ޓްރެކިންގ މެދުވެރިކޮށް ހުރަސްތަކުން ދުރުހެލިވެ، އެއްޗަކާ ތަޅައިގަތުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
މި ޕްރޮޑަކްޓްގެ އިތުރު މައުލޫމާތު9995509 އަށް ވައިބާ ނޫނީ ވަޓްސްއަޕް ކޮށްލުމުން ލިބޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް