ދޫންޏެއް ބިޒްނަސް ކްލާހުގައި ލަންޑަނަށް ދަތުރުކޮށްފި
ސިންގަޕޯރ އެއަރލައިންސްގެ ބިޒްނަސް ކްލާހުގައި ދޫންޏެއް ސިންގަޕޫރުން ލަންޑަނަށް ދަތުރުކޮށްފިއެވެ.
މި ދޫނި މަތިންދާބޯޓުގެ ބިޒްނަސް ކްލާސް ކެބިންގައި އިން ވީޑިޔޯއެއް މީސް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެ ވީޑިޔޯދަނީ ވައިރަލްކަމާއި އެކު ފެތުރެމުންނެވެ.
މި ދޫނި މަތިންދާބޯޓު ތެެރެއަށް ވަންގޮތް ސާފުވާގޮތް ވަނީ ނުވެފައެވެ. މައުލޫމާތު ލިބޭގޮތުގައި މި ދޫނި ފެނުނީ 14ގަޑިއިރުގެ މި ދަތުރުގައި ބާކީ ދެގަޑިއިރު އޮއްވައެވެ.
ސިންގަޕޯ އެއަރލައިންސްއިން މައުލޫމާތުދޭގޮަތުގައި މި ދޫނި ވަނީ ފްލައިޓް ތެރެއިން ހިފައިފައެވެ. އަދި ލަންޑަންގެ ހީތްރޯ އެއަރޕޯޓަށް އެ ފްލައިޓް ލޭންޑްކުުރުމާއި އެކު ވަނީ ޖަނަވާރުންނާއި ބެހޭ ފަރާތްތަކަށް އެދޫނި ހަވާލުކުރެވިފައެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް