ރީކޯ އިބްރާހިމް މަނިކު ނިޔާވެއްޖެ
ހ.ރީކޯ އިބްރާހިމް މަނިކު (ރީކޯ އިބްރާހިމް މަނިކު) އަވަހާރަވެއްޖެއެވެ.
ރީކޯ އިބްރާހިމް މަނިކްއަކީ ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގެ ކުރީ ކޮޅު ސިޔާސީ ހަރަކާތްތަކުން ފާހަގަކޮށްލެވުނު ބޭފުޅެކެވެ. އެގޮތުން މޯލްޑިވިއަން ސޯސިއަލިސްޓް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅެކެވެ.
ރީކޯ އިބްރާހިމް މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 69 އަހަރެވެ.
ރީކޯ އިބްރާހީމް މަނިކަކީ ކުރީގެ މަޖިލިސް މެންބަރު އަދި ފިލްމީ ތަރި ރީކޯ މޫސަގެ ބޭބެއެވެ.
ރީކޯ އިބްރާހިމް މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް