ހުޅުމާލެ ދެވަނަފިޔަވަހީގައި 2020ގެ ފަހުކޮޅު މީހުން ދިރިއުޅެން ފަށާނެ: ރައީސް ޞާލިހް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންނަ އަހަރުގެ ފަހުކޮޅު މީހުން ދިރިއުޅެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހް އިތުރަށް ވިދާޅުވިގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ އެއްލައްކަ ފަސްދޮޅަސް ހާސް މީހުންގެ އާބާދީކުރުމަށް އަމާޒް ހިފާފައިވާ ތަނެއްކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 26،500 ގޭބިސީގައި މީހުން ދިރިއުޅެއް ފަށާއިރު، ކޮންމެ ގޭބީސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެކަމަށެވެ. އަދި މިއީ އެމްޑަބްލިއުއެސްސީން ހިންގާ އެންމެ ބޮޑު މަޝްރޫޢަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް