ކޮބާ ތައްޔާރު! "ފުލުހަކާ އެކު ކޮފީއެއް" ބޯލަން ބޭނުންތަ؟
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
"ފުލުހަކާ އެކު ކޮފީއެއް” ސިލްސިލާގެ އާ ޕްރަގްރާމެއް ބާއްވަން ބާއްވަން ނިންމައިފި އެވެ.
މި ހަރަކާތް މި ފަހަރު އޮންނާނީ މާދަމާ ހުޅުމާލެ ހިޔާ އަވަށުގަ އެވެ. ފުލުހުން ބުނީ މި ހަރަކާތް ހިޔާ ޕާކު ސަރަހައްދު މި ހަރަކާތް އޮންނާނީ ހަވީރު 4:30 އިން 6:00 އަށް ކަމަށެވެ.
މި ހަރަކާތުން އެކުވެރި މާހައުލެއްގައި ފުލުހުންނާއި ބައްދަލުވެ، ވާހަކަދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ. އެހެން ކަމުން ވީހާވެސް ގިނަ ބަޔަކު ބައިވެރި ވުމަށް ވަނީ އެދިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް