ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:30 އެހާއިރު ހުުޅުމާލޭ އަސުރުމާ ހިނގުމާއި ޗަނބޭލީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެމީހުންނަށެވެ.
އެ ދެމީހުންނަކީވެސް ސައިކަލުގައި ތިބި ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން އެކަކީ ޚާއްސަ އެހީއަށް ބޭނުންވާ 16އަހަރުގެ ކުއްޖެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް