އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރުޒަކާތް ދައްކާލެވޭނެ!
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
އުރީދޫއިން އެމްފައިސާ މެދުވެރިކޮސް ފިތުރު ޒަކާތް ދައްކާލެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އުރީދޫއިން ބުނީ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފަސޭހަ ކަމާއި ރައްކާތެރިކަމާއެކު ދައްކަލެވޭނެ ކަމަށެވެ.
އެގޮތުން http://ore.do/zakat ޕޯޓަލްއަށް ވަދެ ލޮގިންވުމަށްފަހު، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޒަކާތް ދައްކާލެވޭނޭކަމަށް އުރީދޫއިން ބުނެއެވެ. އެމް-ފައިސާ މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން ދަނީ ކޮންމެ ދުވަހަކު ކުރާ ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކޮށްދީ ޑިޖިޓަލް ހިދުމަތްތަކަށް މުޖުތަމައުތައް ބާރުވެރި ކުރުވަމުންނެވެ.
އެގޮތުން މިއީ ޑިޖިޓަލް މޯލްޑިވްސްގެ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޒަރޫރީ މާލީ ހިދުމަތްތައް އެންމެންނަށް ވެސް ލިބެން ހުންނާނެ ކަން ކަށަވަރުކުރުންކަމަށް އުރީދޫއިން ބުނެއެވެ.
އެމް-ފައިސާ އަކީ މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަންފަދަ މާލީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ވޮލެޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް