ބަލްމާ ބޯޓު ބަންޑުން ޖަހާލުން: ގެއްލުނު ދެވަނަ މީހާ އަދިވެސް ނުފެނޭ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
”ބަލްމާ 6“މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލިތާ 24 ގަޑިއިރު ވީއިރު، ގެއްލުނު ބިދޭސީ މީހާ ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ، "ބަލްމާ 6" ބޯޓު ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލިކަމުގެ ރިޕޯޓުކުރީ، އެމްއެންޑީއެފަށް ކުރީ އިއްޔެ ހެނދުނު 07:27 ހާއިރެވެ.
ބަންޑުން ޖަހާލި އެބޯޓުން 4 މީހަކު ދަތުރުކުރި އިރު، އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފަ ވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އަދި ގެއްލުނު ބޯޓުގެ ކެޕްޓަނާއި ބަންގްލަދޭޝް މީހާ ހޯދަމުން ދަނިކޮށް ކެޕްޓަން މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަދި ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައި ނުވާ ކަމަށާ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް