ކްލައިމެޓް ސްޓްރައިކް ރާއްޖޭގައިވެސް ބާއްވައިފި
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ބައިނަލްއަގްވާމީ ހަރަކާތްކަމުގައިވާ ކްލައިމެޓް ސްޓްރައިކްގެ އިހުތިޖާޖެއް ރާއްޖޭގައިވެސް ބާއްވައިފިއެވެ.
މި އިހުތިޖާޖު މިއަދު ހެނދުނު މާލޭގައި އޮތީ ވެލާނާގެ ސަރަހައްދުގައެވެ. އަދި މީގެ އިތުރުން އައްޑޫ ސިޓީ އަދި ހދ.ކުޅުދުއްފުށީގެ ކައުންސިލް ކައިރީގައިވެސް މި އިހުތިޖާޖު ވަނީ ބާއްވާފައެވެ.
މިއަދު ހެނދުނު މާލޭގައި ބޭއްވި އިހުތިޖާޖުގައި ވަނީ އެކި އުމުރުފުރާތަކުގެ ގިނަ ފަރާތްތަކުން ބައިވެރިވެފައެވެ. އެފަރާތްތަކުން ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ތަފާތު ނޭދެވޭ ގެއްލުންތަކާއި ގުޅޭ ޝިއާރުތައް ހިމެނޭ ބޯޑުތައް ހިފައިގެން ޝުއޫރު ފާޅުކޮށްފައެވެ.
މި އިހުތިޖާޖަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ތަފާތުގިނަ ހަރަކާތްތައް ބާއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް