މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ހިދުމަތްތަކަށް ޚާއްސަ ފޯނު ނަންބަރެއް ތަޢާރަފްކޮށްފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ދޭ ޚިދުމަތްތަކަށް ޚާއްސަ ފޯނު ނަންބަރެއް ތަޢާރަފްކޮށްފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއަށް ގުޅުމަށް ތަޢާރަފްކުރި ނަމްބަރަކީ 1474 އެވެ.
މިކަމާއި ގުޅިގެން އެ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަބްދުالله ނަޒީރު ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަސޭހައިން ގުޅޭނެ ޝޯޓު ކޯޑު ނަމްބަރެއް ތަޢާރަފްކުރުމަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
މިއީ އެ ވުޒާރާއިން ކޯލް ސެންޓަރެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ފެށުން ކަމަށާއި ސްޓޫޑެންޓު ޕޯޓަލް އަޕްގްރޭޑުކޮށް ރިއަލް ޓައިމްގައި މައުލޫމާތު ހިއްސާކުރުމުގެ މަަސައްކަތް ކުރެވެމުންދާ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް