ޮރިސޯޓެއްގެ ކޮންޓްރެކްޓް މުވައްޒަފުންތަކެއް ހަޅުތާލުކުރަނީ
އޮޅުވެލިި ބީޗް ރިސޯޓުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކަކަށް މުސާރަ ނުދީގެން ހަޅުތާލުކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި ތާޑް ޕާޓީ އުސޫލުން އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަންސާހަކަށް ބިދޭސީން ދަނީ އެރަށުގެ މަސްލަހަތު ގެއްލޭގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.
އެގޮތުން އެފަރާތްތައް ދަނީ ރިސޯޓުގައި ގެސްޓުން ތިބޭ ސަރަހައްދަށް ލަކުޑިބުރި އާއި ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެން ދިއުމަށް އެ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލަ ހައްލުކުރުމަށް ފުލުހުން ދަނީ އެރަށަށް ދަތުރުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް