N/A
N/A
ހަބަރު 11 May 2019 | 08:42

ކޮންމެ އަހަރަކު ރޯދަ ހިފަނީ ކީއްކުރަން؟

އައްޝައިޚް މުޖްތަބާޙަމީދު

މިއަހަރުގެ ރަމަޟާންމަހުގެ ރޯދަހިފައި ފުރިހަމަ ކުރެވިއްޖެނަމަ މިއީ ޢަލީ ގެ ޙަޔާތުގައި އޭނާއަށް ތިންސަތޭކަ ފަރުޟު ރޯދަ ހިފޭނެއެވެ. މާނައަކީ މިހާރު ޢުމުރުން ފަންސަވީސް އަހަރުގެ ޒުވާން ޢަލީ ރަމަޟާންމަހު ރޯދަ ހިފާތާ ދިހަ އަހަރުވީއެވެ. ސުވާލަކީ ދިހަ އަހަރުވަންދެެން ކޮންމެ އަހަރަކު ރަމަޟާންމަހު ރޯދަހިފަނީ ކީއްކުރަންތޯއެވެ؟

މިސުވާލަށް ޢަލީގެ ޖަވާބު ވަރަށް ސާދާއެވެ. އެއީ ﷲ އަންގަވާފައިވާ އަޅުކަމެއްކަމަށް ވީމައެވެ. ޖަވާބު ރަަނގަޅެވެ. ދެވަނަ ސުވާލަށް ދަމާހެއްޔެވެ؟ މިވޭތުވެދިޔަ ދިހަ އަހަރު ކިތައް ނަމާދު ކުރެވުނު ހެއްޔެވެ؟ "ކިނިހެއް ތިކަން ޢަދަދަކުން ބަޔާން ކުރާނީ!" ހައިރާންވެގެން ޢަލީ ބުންޏެވެ. އަޅެ މިކަން ޢަދަދަކުން ބަޔާން ނުކުރެވެންޏާ މިއަހަރުތަކުގައި އެއްވެސް ނަމާދެއް އެޅިންހެއްޔެވެ؟

މިއީ އަހަރެމެން ކޮންމެ މީހަކުވެސް ނަފްސާ ކުރަން ރަނގަޅު ސުވާލުތަކެވެ. ބާލިޣުވެ ތަކްލީފު އުފުލާ ޢުމުރަށް ވާޞިލުވީއްސުރެ އަދާ ހަމައަށް ބައްދަލުކުރި ކޮންމެ ރަމަޟާން މަހެއްގެ ރޯދަތައް ފުރިހަމައަށް ހިފާފައި އެމުއްދަތުގައި ކުރަންޖެހޭ ނަމާދުތައް ފުރިހަމައަށް އަދާކޮށްފައި ނުވާނަމަ ކޮންމެ އަހަރަކު ރޯދަހިފަނީ ކީއްކުރަންތޯ ސުވާލު އުފައްދަން ލާޒިމުވެގެން ވެއެވެ. އެއީ ކީއްވެގެންތޯ ސުވާލު އުފައްދަފާނެއެވެ؟ ސަބަބަކީ ތިރީސް ދުވަސްވަންދެން ކެއިންބުއިމާއި ޝަހުވަތްތެރިކަމުން ދުރުހެލިވެގެން ގާތްގަނޑަކަށް ބާރަވަރަކަށް ގަޑިއިރު ހުރުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ "ޑައިޓް" ކުރާކަށް ނޫނެވެ. އެގޮތަށް އަމުރުކުރައްވާ އެއިލާޙުގެ ކަލާމްފުޅުގައި އެކަން މިއުއްމަތާއި އިސްވެދިޔަ އުއްމަތްތަކަށް ފަރުޟެއްކަމުގައި ކަނޑައެޅުއްވުމުގެ މަޤްޞަދެއްވާތީއެވެ. ފަރުޟުނަމާދާއި ދެންވެސް ހުރި ހެޔޮކަންތައް އަދާނުކުރެވި ލެއްވިހާ ވިޔާނުދައިކަމެއް ކުރެވޭނަމަ އަޞްލު އަހަރެމެންނަށް މި ހިފޭ ރޯދައިގެ ސަބަބުން ކުރީ ކޮންފައިދާއެއްތޯ ސުވާލު އުފެދެން އެބަޖެހެއެވެ.

އެހެނީ ކުރިންވެސް އިޝާރާތް ކުރިފަދައިން ރޯދައަކީ ވަކިމަޤްޞަދެއް އެއަޅުކަން އަދާކުރުމުން މުސްލިމާއަށް ޙާޞިލުވެގަތުމަށް ﷲ ލައްވާފައިވާ އަޅުކަމެކެވެ. އެއީ ތަޤުވާވެރިވެ ބިރުވެތިވުމުގެ މަތިވެރިކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((يَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ))

އޭއީމާންވެގެން ތިބި މީސްތަކުންނޭވެ! އެއީ އަހަރެމެންގެވެސް ވާހަކައެވެ. ކުޑައިރުއްސުރެ ﷲ އަކީ ރައްބުކަމާއި އިލާހުކަން ޤަބޫލުކުރާ މީހުންގެ ވާހަކައެވެ. އެކަމަށް އިޤްރާރުވެގެންތިބި ދިވެހިންވެސް މިގޮވާލުމުގެ ތެރެއަށް ވަންނާނެއެވެ. ﷲތަޢާލާ އަހަރެމެންނަށް ގޮވާލައްވާ ވަޙީ އެކުރައްވަނީ ތާރީޚީ ބޮޑު ޙަޤީޤަތެކެވެ. އާދެ! އިސްވެދިޔަ އުއްމަތްތަކުގެ މައްޗަށް ﷲ ކަމެއް ކަނޑައެޅުއްވި ވާހަކައެވެ. އިބްރާހީމުގެފާނާއި މޫސާގެފާނާއި ޢީސާގެފާނުގެ އުއްމަތްތަކަށް ރޯދަ ހިފުން ފަރުޟުކުރެއްވިފަދައިން އަހަރެމެން މުޙައްމަދިއްޔަ އުއްމަތަށްވެސް އެކަން ފަރުޟު ކުރައްވައިފިކަމެވެ. ކީއްކުރަންތޯއެެވެ؟ ގައިގާ ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލުމައްތޯއެވެ! ނޫނީ ވިޔަފާރި ރަނގަޅުކޮށް ބޮޑުއަގުގައި ތަކެތި ވިއްކަންތޯއެވެ! ނޫނީ ގޭތެރެ ސާފުކޮށް ކުލަ ލުމަށްތޯއެވެ! ނޫނީ މާ ހެފުން ބާއްވާ ސަކަރާތްޖަހާ މަޖާކުރުމަށްތޯއެވެ! ނޫނީ މަދުވަގުތުކޮޅެއްގައި އޮފީހަށް ގޮސްލާފައި ބާކީ ވަގުތުތަކުގައި ފިނިބުރުޖަހާ ގޭމު ކުޅެ ތަފާތު ޝޯތަކުގައި ބައިވެރިވުމަށްތޯއެވެ!

ލޮބުވެތި އަޚުންނޭ! ﷲ ތަޢާލާ ރޯދަ ހިފުން ފަރުޟެއްކަމަށް ކަނޑައެޅުއްވީ لَعَلَّكُمْ تَتَّقُونَ (އެބަހީ: ތިޔަބައިމީހުން ތަޤުވާވެރި ވުމަށެވެ.) މިތަނުގައިވާ "ތިޔަބައިމީހުން" ނަކީ އަހަރެމެންނެވެ. މިއަދުގެ މުސްލިމުންނާއި އިއްޔެގެ މުއުމިނުންނެވެ. ދެންއޮތީ ތަޤްވާވެރިކަމުގެ މާނަ ނޫންތޯއެވެ. ކިޔުއްވާށެވެ. ތިރީގައިވާ ވާހަކަ ކިޔާލާށެވެ.

އެއްދުވަހު މީހަކު އަބޫޙުރައިރަތުގެފާނުގެ އަރިހުގައި ސުވާލު ކުރެއްވިއެވެ. ތަޤްވާވެރިކަމަކީ ކޮބައިތޯއެެވެ؟ އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. ތިބާ ކަށިބޯ ޖަންގައްޔެއްގައި ހިނގާފައި ދިޔައިންހެއްޔެވެ؟ އޭނާ ލައްބައޭ ބުނުމުން އަބޫ ހުރައިރަތުގެފާނު ރައްދުގައި ދެންނެވިއެވެ. އެމަގުގައި ހިނގާފައި ތިބާ ދިޔައީ ކިހިނެއްހެއްޔެވެ؟ އެމީހާ ޖަވާބުދެމުން ބުންޏެވެ. ފަޔަށް ކަށްޓެއް ހެރިދާނެތީ ވަރަށް ފަރުވާތެރި ކަމާއިއެކު ފިޔަވަޅު އަޅަމުންނެވެ. ދެން އެހިނދު އަބޫހުރައިރަތުގެފާނު ދެންނެވިއެވެ. ތަޤުވާވެރިކަމަކީވެސް އެއީ އެވެ. އާނއެކެވެ. ތަޤްވާވެރިކަމަކީ ފާފައެއް ކުރެވިދާނެކަމަށް ބިރުވެތިވެހުރެ ދުނިޔޭގެ ދުވަސްތައް ހޭދަކުރުމެވެ. ވިޔަފާރިކުރާއިރު ފާފައަކަށް އަރައިގަނެވިދާނެ އެންމެހައިކަމެއް ދޫކޮށްލުމެވެ. ކައިވެންޏެއްކުރާއިރު ފާފައަކަށްވާނެ އެންމެހާ ކަމަކުން ދުރުހެލިވުމެވެ. ލޯނެއްނަގާއިރު ރިބާނެތް ލޯނެއްކަން ކަށަވަރުކުރުމެވެ. މިހެން ކިޔާނެކަމެއްނެތެވެ. ކޮންމެކަމެއް ﷲ އެންގެވިގޮތަށް ކޮށް އެއިލާހު ނަހީކުރެއްވި އެންމެހާ ފާފަތަކުން ދުރުހެލިވެގެން ތިބުމެވެ.

އަހަރެމެންނަށް އެކަން އެބަކުރެވޭތޯއެވެ! ނުކުރެވޭނަމަ މި ހިފި ރޯދަތަކުގެ އަޞްލު މަޤްޞަދު ޙާޞިލުވީކަމަށް ބުނެވިދާނެތޯއެވެ؟ ރޯދަމަސް ދިޔުމާއި އެކު މިސްކިތް މުދިންބެޔާ ޙަވާލުކޮށްފައި އަހަރެމެންނަށް ދެވެނީއެވެ. މުޞްޙަފު ހަރުމަތީގައި ހިރަފުސް އަރަން ބޭއްވެނީއެވެ. ލާރި ހޯދާއިރު ޙަލާލެއް ޙަރާމެއް ނުބެލެއެވެ. ފެންނަހާ އަންހެނެއްގެ ފަހަތުން ދެވެނީއެވެ. ލާރި ލިބެންޏާ ކޮންމެކަމެއް ކޮންމެ މީހަކުބުންޏަސް ކުރެވެނީއެވެ. ކީއްވެގެންތޯއެވެ! ކޮންމެއަހަރަކު ތިރީސްދުވަހު މި ހިފާ ރޯދަ އެ ރޯދަ ހިފަންވާގޮތަށް ނުހިފޭތީއެވެ. އެރޯދައިގެ މަޤްޞަދު ޙާޞިލުކުރުމަށް ސަމާލުކަންނުދީ އެއީ ޘަޤާފީކަމެއްކަމަށް ދެކެވޭތީއެވެ. އެހެންވީމާ ހަމަ މިހާހިސާބުންވެސް ކުރަންޖެހެނީ ކޮންމެ އަހަރަކު ރޯދަ ހިފަނީ ކީއްކުރަންތޯއެވެ؟ ދުލުން ނުބުނެ ހެޔޮ ޢަމަލުން މީގެ ޖަވާބު ދެންއަންނަ ރޯދަމަހާ ހަމައަށް ދެމުން ގެންދަމާތޯއެވެ!

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...