ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މޫސުން ގޯސްވާނޭކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ 09:30 ހުން ފެށިގެން 13:30 ހަށެވެ. މެޓުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދަށް ބޮކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ވައިޖެހޭނޭކަމަށެވެ.
މެޓުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ގަޑިތަކުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ބާރުވެ ކަނޑުތައް ގަދަވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ވައިގަދަވެ ވާރޭވެހުމުގެ ސަބަބުން ބައެއް ހިސާބުގެ ރަށްތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިގޮތުން އެރިވައިގަނޑުގައި ބައެއް ގޭތަކުގެ ފުރާޅު އެއްލާލުމުގެ ހާދިސާތަކުގެ އިތުރުން ބައެއް ދޯނިފަހަރު ފަރަށް އެރުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށް އިންޒާރުދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް