މާލޭ ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެނަކު ވެއްޓިގެން ފަރުވާ ދެނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ހެންވޭރު ސަރަޙައްދުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:23 ހާއިރުއެވެ.
އަދި ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު، ވެއްޓުނު އަންހެން މީހާ ވަނީ އައި.ޖީ.އެމް.އެޗަށް ގެންގޮސް ފަރުވާދޭން ފަށާފައި ކަމަށެވެ.
މި ވަގުތު އޭނާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ސާފެއް ނުވެއެވެ.
މި މައްސަލައިގައި ހިނގާފައިވާ ގޮތް ދެނެގަތުމަށް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް