މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ހައްޔަރު ކުރި ފަސް މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މަސްތުވާތަކެއްޗާއެކު އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ހިންގަމުންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުންނަކީވެސް ދިވެހިންނެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކުރީ 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ދެ ފިރިހެނުންނާއި 43 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ގަނޑު ވަނީ ފެނިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް