ހަނގުރާމައަށް ގޮސްތިބި ބައެއް ފަރާތްތައް އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފި
ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްތިބި ބައެއްފަރާތްތައް އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފިއެވެ.
ބަންޑާރަ ކޮށީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރގެ އިސްވެރިއެއްކަމުގައިވާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ވަރަށް ގިނަ އާއިލާތަކުން އެމްއެންޑީއެފް އަށް ގުޅާ ހަނގުރާމައަށް ގޮސް ތިބި އެމީހުންގެ އާއިލާ މެންބަރުން މިހާރު ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށް ބުނެ އެމީހުން ރާއްޖެ ގެނެސްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދެމުންދާ ކަމަށެވެ.
އެގޮތުން މިހާތަަނަށް ހައެއްކަ ފަރާތުން އެގޮތަށް އެދިފައިވާކަމަށް ޒަކަރިއްޔާ މަންސޫރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެފަދަ ފަރާތްތައް ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެބޭފުޅާ ވަނީ ފާހަަގަކުރައްވާފައެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ އައިޑީކާޑު ފަދަ ލިޔުންތައްެވެސް ނެތްކަމަށް ބްެރިގޭޑިއަރ ޖެެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
އެފަދައިން ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ނާދެވި ތިބި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް