ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު އަކްރަމް އަބްދުލް ޣަނީ: ފޮޓޯ/ އިމޭޖަސް އެމްވީ
ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު އަކްރަމް އަބްދުލް ޣަނީ: ފޮޓޯ/ އިމޭޖަސް އެމްވީ
ހަބަރު 09 Aug 2024 | 11:15

އަކޫގެ ފުޓުބޯޅައިގެ ހަޔާތް އައު މިސްރާބަކަށް ގެންގޮސް ދިނީ، ދީނަށާއި ނަމާދަށް ދޭން ފެށި އަހަންމިޔަތުކަން!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ (އަކޫ)ގެފުޓުބޯޅަ ކެރިއަރު އައު މިސްރާބަށް ގެންގޮސްދީ އެންމެ ބޮޑު ކާމިޔާބީ ތަކެއް ލިބެން ފެށީ ދީނީ ކަންކަމަށާއި ނަމާދަށް ފަރުވާތެރިވާން ފެށި ފަހުން ކަމަށް އޭނާ ބުނެފިއެވެ.

ޕީސް ފައުންޑޭޝަނުން ނިމިދިޔަ ހަފްތާގައި، ތ ވިލުފުށީގައި ބޭއްވި “ލަކުސަނަ” ޕްރޮގްރާމްގެ ތެރެއިން އެކި އުމުރުފުރާތަކަށް ޚާއްސަ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިންވެސް، ޒުވާނުންނާއި، ފުޓުބޯޅައަށް ލޯބިކުރާ ކުދިންނާއެކު އަކޫގެ ވަރަށް ޚާއްސަ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

“ތަށި އުފުލާލި އިޙްސާސް” ނަމުގައި ކުރިއަށް ގެންދެވުނު މި އިވެންޓްގައި ބައިވެރިވި އެންމެހާ ފަރާތްތަކާއެކު އަކޫ ވަނީ، އޭނާގެ ކެޕްޓަން ކަމުގެ ދަށުން 2018 ވަނައަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލިއިރު ކުރެވުނު އިހްސާސާއި، އަދި އެކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް ކުރެވުނު ދަތުރުގެ އިތުރުން، ލިބުނު ތަޖުރިބާތައް ހިއްސާ ކޮށްފައެވެ.

ލަކުސަނަ ޕްރޮގްރާމްގެ “ތަށި އުފުލާލި އިހްސާސް” އިވެންޓްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

އެގޮތުން 2004 ވަނައަހަރުން ފެށިގެން އަކޫގެ ފުޓުބޯޅައިގެން ކެރިއަރު ފެށިގެން ގޮސްފައިވާއިރު އޭރުވެސް އަކޫގެ އަޒުމަކަށްވީ ބޭބެ، އަދި ގައުމީޓީމުގެ ކުރީގެ ކެޕްޓަން، އައްސަދު އަބްދުލް ޣަނީ ހުންނެވި މަގާމާ ހަމައަށް ދިޔުމެވެ.

ވަރަށް ވެސް ގިނަ މަސައްކަތް ތަކެއް ކޮށްގެން، 2006 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ގައުމީ ސީނިއާ ޓީމަށް އަޅުގަނޑު އައީ ކުޅެމުން. އެފަހުން 2015 ވަނަ އަހަރު ގައުމީ ޓީމަށް އޭރުއައި ކޯޗަށް އަޅުގަނޑު ކަމު ނުގޮސްގެން ޓީމުން ކެޓިވެސް. އަދި ދޮޅު އަހަރުވަންދެން އެގޮތަށް ހުރުމަށްފަހު 2017 ވަނަ އަހަރު އަލުން ގައުމީ ޓީމަށް އަނެއްކާވެސް ނަގީ. ދެން 2018 ވަނަ އަހަރު، އެފަހަރު އައި ކޯޗު ގައުމީ ޓީމުގެ ކެޕްޓަން ކަން ހަވާލުކުރީ. އެހިސާބުން 2022 ވަނަ އަހަރު އެންޖަރީ ވުނާ ހަމައަށް އަޅުގަނޑު ހުރީ ގައުމީ ޓީމުގެ ކެޕްޓަން ކަމުގައި. އަޅުގަނޑަށް ކެޕްޓަންކަން ލިބުނު އަހަރު އަޅުގަނޑުމެންނަށް ދެވަނަ ފަހަރަށް ގޯލްޑް މެޑަލް ލިބި ތަށި އުފުލާލީ. އެދުވަހު އަޅުގަނޑަށް އިހްސާސް ކުރެވުނީ އަޅުގަނޑު ކަނޑައެޅި ގޯލް ކާމިޔާބު ކުރެވިއްޖެއޭ

އަކްރަމް ޢަބްދުލްޣަނީ (އަކޫ)

އެހެންކަމުން އަކޫ އެދެނީ ކޮންމެ ކަމަކާވެސް ކުރިމަތިލާއިރު، ވަކި ލަނޑުދަނޑިއެއްް ކަނޑައަޅައި އެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި އެގޮތަށް ކުރިއަށް ގޮސްފި ނަމަ ކާމިޔާބު ވާނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައެވެ.

މިއާއެކު އަކޫ ވަނީ އޭނާގެ ކެރިއަރާއިގެން އޭރު ކުރިއަށް ދިޔައިރު، ދީނީ ގޮތުން ގިނަ ކަންތައްތަކެއް ނޭނގި ހުރިކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރުގެ ތެރޭގައި، ގިނަ ކަންތައްތަކަާއި ކުރިމަތިލާން ޖެހުނު ކަމަށާ، އެކަންކަމުގެ ތެރެއިން ދިމާވި ބޭފުޅެއްގެ ސަބަބުން، ނަމާދަށް ހިތްޖެހި، ނަމާދަށް ފަރުވާތެރިވެވެން ފެށުނު ކަމަށް އޭނާ ބުންޏެވެ.

ލަކުސަނަ ޕްރޮގްރާމްގެ “ތަށި އުފުލާލި އިހްސާސް” އިވެންޓްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

އެދުވަހަކީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުގެ ކެރިއަރު އައު މިސްރާބަކަށް ދިޔަ ދުވަސް. އެކަމުގެ ސަބަބުން އަޅުގަނޑަށް ވިަރަށް ގިނަ އެހީތަކެއް، ވަރަށް ބޮޑު ސަޕޯޓެއް ލިބިގެންދިޔަ އަޅުގަނޑު މިއަދު މިހުރި މަގާމަށް އަންނަން… ފުޓުބޯޅައިގެ ތެރޭ އުޅޭއިރުވެސް އަޅުގަނޑުމެން އޭގެ ކުރިންވެސް ކުރަންޖެހޭ ކަންކަން އެބަހުރި. އެކަން ފޮލޯކޮށް، އިސްލާމްދީނުގެ އިމުގެ ތެރޭގައި މި ކުޅިވަރު ކުޅެގެން އެންމެ އުސްމިނަށް ދެވިދާނެ. ރާއްޖޭގެވެސް ބައިވެރު ކުޅުންތެރިން އެބަ ތިބި ސުންނަތް ފޮލޯ ކޮށްގެން މިކަމުގެ ތެރޭގައި އުޅޭ.

އަކްރަމް ޢަބްދުލްޣަނީ (އަކޫ)

އަކޫ ބުނި ގޮތުގައި، 2015 ވަނަ އަހަރު ގައުމީ ޓީމުގެ ސްކޮޑުން ބޭރު ކޮށްލުމުންވެސް ހިތްވަރު އެލުވައު ނުލައި ކުރިއަށް ދެވުނީ ނަމާދާއި ކެތްތެރިކަމުން ލިބުނު ހިތްވަރުން ކަމަށެވެ. އެގޮތުން، 2017 ވަނަ އަހަރު އަލުން ގައުމީޓީމުގެ ސްކޮޑަށް ނެގުނީ، ގަވައިދުން ނަމާދުކޮށް ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅެމުން، ހިތްވަރާއެކު ކުރި މަސައްކަތަކުން ކަމަށް އަކޫ ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...