މަސްޖިދުލްއީމާން: ވަަރަށް ރީތި އެހާމެ ފުރިހަމަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ފޭސް ދޭއް ގައި ބިނާކުރާ މިސްކިތް މަސްޖިދުލްއީމާން ހުޅުވަން ވަނީ ތައްޔާރުވެފަ އެވެ. މިއީ ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ޓަވަރުތައް ކައިރީ ބިނާކޮށްފައިވާ މިސްކިތެކެވެ.
މި މިސްކިތް އަންނަ ހުކުރު ދުވަހު ހުކުުރު ނަމާދަށް ހުޅުވާން ވަނީ ނިންމާފަ އެވެ. އެކަން އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.



އަދި މިސްކިތުގެ ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ. މި ފޮޓޯތަކުން މިއީ ރާއްޖޭގެ އެންމެ ރީތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭނެ މިސްކިތެއްކަން ޔަގީން ކުރެވެ އެވެ.

ރަން ކުލަ ވަރަށް ބޮޑަށް ފެންނަ މި މިސްކިތުގެ ކޮންމެ ކަމެއްވެސް އެހާމެ ފުރިހަމަ އެވެ. މިސްކިތުގެ ބޭރާއި އެތެރެ އެވެ. ކާޕެޓާއި މިންބަރެވެ. މިސްކިތުގެ ޑިޒައިންނެވެ. ރީތި ކުރުމަށް ބަހައްޓާފައިވާ ފްރޭމްތަކެވެ. އަދި މިސްކިތުގެ ދޮރުތަކާއި ދޮރުތަކުން ފެންނަ ކުލަތަކެވެ.


މީގެ އިތުރުން ގުއްބާއި ގުއްބުގެ ޒީނަތްތެރިކަމަށް ކޮށްފައިވާ މަސައްކަތެވެ. މިސްކިތުގައިވާ ލައިޓްތަކާއި ފަންކާތަކެވެ. މިހެން ގޮސް ކޮންމެ ކަމަކުން ފެންނަނީ ރީތި ކަމާއި ފުރިހަމަ ކަމެވެ.



ހާއްސަކޮށް ރޭގަނޑުގެ ވަގުތު އެވެ. މިސްކިތް ދިއްލާލުމުން ވަރަށް ހިތްގައިމެވެ. ވަރަށް ޗާލެވެ.
ރީތި ކުލަތަކެއް ފެނެ އެވެ. މިއީ މީގެ ތިން އަހަރު ކުރީން ބިނާކުރަން ފެށި މިސްކިތެކެވެ. މިސްކިތަކީ އަމިއްލަ ފަރާތެއްގެ އެހީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.




ތިން ފްލޯއަށް ބިނާކޮށްފައިވާ މި މިސްކިތަކީ އެއް ފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭނެ ބޮޑު މިސްކިތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް