ނަޕޯލީ ދޫކޮށް ފަބިއަން ރުއިޒް ޕީއެސްޖީއަށް
އިޓަލީގެ ނަޕޯލީ ދޫކޮށް ފަބިއަން ރުއިޒް ފްރާންސްގެ ޕީއެސްޖީއަށް ގުޅުމަށް އެއްބަސްވެއްޖެއެވެ.
ސްޕެއިން އަށް ނިސްބަތްވާ ފަބިއަން ރުއިޒް، 26، ޕީއެސްޖީއަށް ގުޅުމަށް ދެ ޓީމުން އެއްބަސްވެފައިވަނީ 23 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީއާއި ގުޅުމަށް އެއްބަސްވުމުގައި ސޮއެ ކުރުމަށާއި، މެޑިކަލް ޓެސްޓުތައް ހެދުމަށް މާދަމާ ރުއިޒް ފްރާންސްއަށް ދަތުރުކުރާނެއެވެ.
ރުއިޒް ނަޕޯލީގައި ހޭދަކުރި ހަތަރު ސީޒަނުގައި އެ ޓީމަށް 18 ގޯލު ކާމިޔާބު ކޮށްދީ 14 ގޯލު ކާމިޔާބުކުރުމަށް ވަނީ އެހީތެރިވެދީފައެވެ.
2018 ވަނަ އަހަރު ނަޕޯލީއާއި ގުޅުމުގެ ކުރިން ރުއިޒް ކުޅެފައިވަނީ ސްޕެއިންގެ ބެޓިސް އަދި އެލްޗޭ އަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް