ފޮޓޯ: ވެލެންސިއާ
ފޮޓޯ: ވެލެންސިއާ
ކުޅިވަރު 29 Aug 2022 | 21:54

ހިލޭ ޓްރާންސްފާއެއްގައި ކަވާނީ ސްޕެއިންގެ ވެލެންސިއާއަށް

ހިލޭ ޓްރާންސްފާއެއްގައި އުރުގުއޭގެ އެޑިސަން ކަވާނީ ސްޕެއިންގެ ވެލެންސިއާ އާއި ގުޅިއްޖެއެވެ.

މިދިޔަ ދެ ސީޒަނުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ފެނިގެންދިޔަ ކަވާނީ، 35، އެ ޓީމާއި އެކު ހަދާފައިވާ އެއްބަސްވުން ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވުމާއި އެކު ހުރީ ކުލަބެއްނެތި ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

ސްޕެނިޝް ލަލީގާ ތާވަލުގެ 12 ވަނައިގައި މިވަގުތު އޮތް ވެލެންސިއާއާއި އެކު ކަވާނީ ވަނީ ދެ އަހަރުގެ އެއްބަސްވުމެއް ގާއިމު ކޮށްފައެވެ.

ވެލެންސިއާއިން ރަސްމީކޮށް ކަވާނީ ގުޅުނުކަން އިއުލާން ކޮށްފައިވާއިރު އެންމެ އެ ޓީމުގެ ޖާޒީގައި އޭނާ ފެނިގެންދާނެ ކަމަށް ބެލެވެނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގެޓާފޭއާއި ދެކޮޅަށް ކުޅެވޭ މެޗުގައެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ގުޅުމުގެ ކުރިން ކަވާނީ ފެނިގެން ގޮސްފައިވަނީ ފްރާންސްގެ ޕީއެސްޖީއިންނެވެ. 2013 އިން 2020 އަށް ޕީއެސްޖީގައި ކަވާނީ ކުޅެ އެ ޓީމުގެ ކެޕްޓަން ކަން ކުރުމުގެ އިތުރުން އޭނާ ވަނީ ފްރާންސް ފުޓްބޯޅާގެ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބު ކޮށްފިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް