މިއަދުގެ އެކްސިޑެންޓްވެސް ވީ ބަސް ޑްރައިވަރަށް ނިދިގެން: ފުލުހުން
މިއަދު މެންދުުރުފަހު ހުޅުމާލޭގެ ނިރޮޅު މަގުގައި ޓެކްސީއަކާއި އެމްޓީސީސީގެ ބަހެއް ޖެހި ހިނގި އެކްސިޑެންޓްވެސް ހިނގާފައިވަނީ ބަހުގެ ޑްރައިވަރ ނިދިޖެހިފައި ހުރުމުންކަމަށް ފުލުހުން ބުނެފިއެވެ.
މީޑިޔާތަކަށް މަައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދުގެ ހާދިސާވެސް ހިނގަން މެދުވެރިވީ ބަސް ޑްރައިވަރު ނިދި ޖެހިފައި ހުރުމުން ކަމަށް މައުލޫމާތު ލިިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ކާރުގެ ފަހަތުކޮޅު ބަނޑިވެ، ބަހުގެ ހެޑްލައިޓާ ދިމާއިން ބައެއް ނެއްޓިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމެއް އެނގިފައެއް ނުވެއެވެ.
މި ބަހަކީ ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް ބޭނުންކުރަމުންދާ ބަހެކެެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.
މީގެ ތިން ދުވަސްކުރިންވެސް އެމްޓީސީސީ ބަހެއް ވަނީ އެކްސިޑެންޓްވެ، ފަތުރުވެރިއަކު ނިޔާވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް