N/A
N/A
ހަބަރު 31 Mar 2019 | 10:36

އެމްޑީޕީއާއި ބަޣާވާތް؟؟

ރައްޔިތުންގެ މަޖިލީސް އެމްޑީޕީއަށް ނުލިބިއްޖެނަމަ އަނެއްކާވެސް ސަރުކާރަށް ކުރިމަތިވާނީ ބަޣާވާތެއްކަމަށް މިމަރޗްމަހުގެ ތިންވަނަ ދުވަހު އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް ހަމަ ރަނުން ރަނަށް އަކުރުން އަކުރަށް ނަޝީދު ވިދާޅުވި ބަސްފުޅު މިމަހުގެ މެދުތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ތަކުރާރުކުރައްވާފައިވެއެވެ. އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ގައުމުދާނީ ބަޣާވާތަކާ ދިމާލަށްކަމަށެވެ.

2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިއްސުރެ އަބަދުވެސް ބަޣާވާތެއްގެ ވާހަކަ އެޕާޓީން ދައްކައެވެ. ޚާއްސަކޮށް ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނާ ދެކޮޅަށް ބަޣާވާތްކުރަން އުޅޭކަމަށް ތުހުމަތުކުރައްވައި އެކިފަހަރުމަތިން ފުލުހުން ލައްވައި އެކަހަލަކަމެއް ހިނގާތޯ ތަހްގީގު ހިންގަވާފައިވެއެވެ. އެހެންވެފައިވަނިކޮށް އެމަނިކުފާނު އަމިއްލަފުޅަށް އެޅުއްވި ފިޔަވަޅުތަކެއްގެ ސަބަބުން ފުލުހުންނާއި ސިފައިން ޖެހި އެކަންހައްލުނުކުރެއްވިގެން އިސްތިއުފާ ދެއްވުމުން އެމަނިކުފާނު ވިދާޅުވަމުންގެންދެވި ބަޣާވާތް އައީއެވެ. އެއަށް އެމަނިކުފާނަށް ތާއީދުކުރާ މީހުން މިއަދުވެސް ކިޔަނީ އެވެރިކަން ނިމުން އެއީ ހަރާމް ބަޣާވާތެއްކަމަށެވެ. ހިތުގައި ވިންދުޖަހާހާ ހިނދަކު އެނޫންގޮތަކަށް އެމީހުން ނުކިޔާނެއެވެ. ބަޣާވާތެއްނޫނޭ ނަޝީދު ވިދާޅުވިޔަސް ވަރިހަމައެވެ. ނަޝީދުގެ ސަރުކާރު ވެށްޓެން ދިމާވި އެންމެ މުހިއްމު ސަބަބު އެމަނިކުފާނުގެ އަމިއްލަ ދޫފުޅުން 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގެތެރޭގައި އިންޑިޔާގެ ނޫހަކަށް ކިޔުއްވާދެއްވާފައިވެއެވެ. އެނޫހުގައިވާ ނަޝީދުގެ އިންޓަވިއުގެ ރިޕޯޓެއް އެއަހަރުގެ އޯގަސްޓްމަހުގެ 26 ވަނަ ދުވަހު މިހާރު ނޫހުގައި ޝާއިއު ކުރިއެވެ. ވެރިކަން ވެށްޓުމަށްދިމާވި، ކްރިމިނަލްކޯޓުގެ ފަނޑިޔާރު ސިފައިން ފޮނުވައިގެން ހައްޔަރުކުރުން، އެއީ ހެއްދެވުނު ގޯހެއްކަމަށް ފުރަތަމަ ފަހަރަށް އިއުތުރާފްވެވަޑައިގެންފައިވެއެވެ. އިންޑިޔާގެ ނޫހަށް ނަޝީދު ކިޔުއްވާދެއްވާފައިވެއެވެ. " "އަޅުގަނޑު އޭނާ ވަތްކެއް ނުކުރަން. އެކަމަކު ތެދެއް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދި ރައީސްގެ ހައިސިއްޔަތުން، އެއީ އެކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތަކަށް ނޫން ކުރެވިފައި އެ އޮތީ،" މާނައަކީ ރައީސަށް އެގިވަޑައިގެން ހުންނަވައި، އަދި އެމަނިކުފާނު ރާވާފައި އޮތް ސިޔާސީ ރޭވުމެއްގެތެރެއިން ފެބްރުއަރީ ހަވަނަ ދުވަހުގެރޭ ފުލުހުންގެ ބަދަލުގައި ސިފައިން އާޓިފިޝަލް ބީޗަށްނެރެ، ހިގައިދިޔަ ގަޑުބަޑު ހަމަޖައްސަވަން އެގިވަޑައިނުގެން ދިމާވި ޚުތޫރަތްތެރި ދަނޑިވަޅާއިހަމައަށް ދިޔަދިޔުން މާކުރިން އެއަށްވުރެ މާރަނގަޅަށް ހައްލުކުރެވެން އޮވެ ނުކުރެއްވިކަމެވެ. ސިފައިންގެ ޖެނެރަލުންނާއި އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ ސިޔާސީ ތަޖުރިބާކާރުން ދެއްވި އެއްވެސް ލަފައެއް ގަބޫލުފުޅު ނުކުރައްވައި ރަނގަޅު ނޫންގޮތުގައި ފަނޑިޔާރަކު ހައްޔަރު ކުރެއްވުނީއެވެ. ފަނޑިޔާރު ހައްޔަރުކުރެއްވުމަށް އަމުރުކުރެއްވިކަމަށް ނޫހުގައި އިއުތިރާފްވެވަޑައިގަތްނަމަވެސް ސުޕްރީމްކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް އުވާލުމަށް އެންމެފަހުން އަމުރުކުރިއިރު ނަޝީދު ކޯޓްގައި ވިދާޅުވެފައިވަނީ ގާޒީ ހައްޔަރުކުރުމަކީ އެމަނިކުފާނު ދެނެވަޑައިގެން ހިގައިދިޔަކަމެއްނޫންކަމަށެވެ. މިހިރީ ވާހަކަތައް ބަދަލުވާގޮތެވެ.

ކޮންމެއަކަސް އެކަން މިހާރު އެނިމިގެންދިޔައީއެވެ. އަބްދުﷲ ޔާމީންގެ ސަރުކާރު ނިމި މިހާރު މިއޮތީ ރައްޔިތުން އިންތިޚާބުކުރި އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރެވެ. ސަރުކާރު ފެށިގެން 5 ވަނަ މަހަށް އަޅައިގަންނައިރު ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށްޓަކައި ޕީއެސްއައިޕީގެތެރެއިން ތަރައްގީގެ އެއްވެސް މަޝްރޫއެއް ރަސްމީކޮށް އަދި ނުފަށްޓަވައެވެ. ރައްޔިތުންގެ އުއްމީދުތައް ފަނޑުވަމުންގޮސް ނާއުއްމީދަށް ބަދަލުވާންފެށިވަގުތު ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު އައިސް ބޯމަތިވެއްޖެއެވެ. އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ރައްޔިތުން ކުރި ތާއީދަށް ވަރަށް ބޮޑު ބަދަލެއް އައިސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވެދާނެހެން ހީވާންފެށުމުން ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަސް ފާހަގަކުރުމުގެ ކުރިން 90 ދުވަސްވެސް ފާހަގަކޮށް ފުލުފުލުން ވައުދުތައް ވަމުންގޮސް ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނެންގެވި ފަހު ހަތިޔާރަކީ ބަޣާވާތުގެ ވާހަކައެވެ. ނަޝީދުގެ ވާހަކަފުޅު ސާލިހް ތަކުރާރުކުރައްވައިގެންނެވެ.

ބަޣާވާތެއްގެ ވާހަކަ އެހާވަރުން މިދައްކަވަނީ ކީއްވެތޯއެވެ. ފުލުހުންނާއި ސިފައިން ތިބީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީއަށް ތާއީދު ލިބިގެން ރައްޔިތުންގެ މަޖިލީހުގެތެރެއިން ސަރުކާރު ވަށްޓާލަން އުޅެފާނެކަމަށް ދެކެވަޑައިގަންނަވަނީތޯއެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން އިދިކޮޅު ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށްވުރެ އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒުކުރުމަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ފުރުސަތު މާބޮޑު ނޫންތޯއެވެ. ރައީސް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނަމަ އިދިކޮޅު ޕާޓީތަކުން މަޖިލީހުގެތެރެއިން ރައީސް ސޯލިހް ވަކިކުރަން އުޅުމަކީ ލޮލުކޮޅަށް އަދި ނުފެންނަހާ ދުރުކަމެކެވެ. އެކަމަކު އެމްޑީޕީގެ މެޖޯރިޓީއާއެކު ސާލިހަށް ރައީސްކަން ގެއްލުމުގެ ފުރުސަތު މާބޮޑެވެ. ސިޔާސީ ޕާޓީތަކުން ވެރިކަން ވަސްޓަން ސިޔާސީ ހަރަކާތް ހިންގުން އެއީ ބަޣާވާތްކަމަށްވާނަމަ އެމްޑީޕީ އަބަދު އޮތީ ބަޣާވާތުގައެވެ. އަބްދުﷲ ޔާމީންގެ ސަރުކާރު ފާޅުގައި ވަށްޓަން ނުކުތެވެ. ޔާމީންގެބަދަލުގައި ވެރިކަމުގައި ބަހައްޓާނީ ގާސިމްކަމަށް އިއުލާންކޮށްގެންނެވެ. މަޖިލީހުގައި ސަރުކާރަށް ދަތިކުރުމަކީ ބަޣާވާތް ހިންގުންކަމަށްވަންޏާ އެމްޑީޕީއަށްވުރެ ގިނައިން މަޖިލިސްތެރޭގައި ބަޣާވާތްކުރި ބަޔަކު ފެންނާނެތޯއެވެ.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިދިމާކޮށް ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަޣާވާތުގެ ވާހަކަދައްކަންފެށުމުގެ ފަހަތުގައި ކޮންމެވެސް އެހެންސަބަބުތަކެއް ހުންނާނެއެވެ. އެންމެ ބޮޑަށް ބެލެވެނީ ރައްޔިތުންގެ ހިތުގައި އެމްޑީޕީގެ ވެރިކަމާމެދު އުފެދެމުން ބޮޑުވަމުންދާ ނުރުހުންތެރިކަމަށް ބަޣާވަތުގެ ފަރުވާ ހޯދުމެވެ. މީހުންގެ ހަމްދަރުދީ ހޯދުމަށް އުޅުމެވެ. ފެބްރުއަރީ ހަތެއްގެ ހަދާންތައް އާކޮށްދީގެންނެވެ. މީހުންގެހިތުގައި އެމްޑީޕީނޫން އެހެންޕާޓީތަކާމެދު ބިރުވެރިކަން އުފައްދައި އެބިރުވެރިކަމުގެތެރެއިން ވޯޓާއި ކުޅެވޭތޯ ބެލުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...