އާރުޑީސީން ހއ.އަތޮޅުގެ ބައެއް ރަށްތަކުގެ މަޝްރޫޢުތައް ފަށަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަން، އާރުޑީސީން ރާއްޖޭގެ އެންމެ އުތުރުގެ ބައެއް ރަށްތަކުގެ އުމްރާނީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އާރުޑީސީން މިފަހަރު މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަން އިއުލާނުކޮށްފައިވަނީ، ހއ އަތޮޅުގެ ރަށްތަކެވެ. އެރަށްތަކުގެ ތެރޭގައި ހިމެނެނީ، ފިއްލަދޫ، ކެލާ އަދި އިހަވަންދޫއެވެ. އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ރަށްރަށުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ފޮނުވުމަށް ތައްޔާރުވަމުންދާކަމަށެވެ.
އެ ތިން ރަށުގެ މަސައްކަތްތައް ފެށުމަށްޓަކައި ބޭނުންވާ ތަކެތި ދޯނިތަކަށް އަރުވަމުންދާއިރު، ވަރަށް އަވަހަށް އެތަކެތި ހިފައިގެން ދާނޭކަމަށް އާރުޑީސީން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް