ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް!
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާއެއްގެ ގޮތަށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލްެއުސްތާޛާ އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
މި މައްސަލަ ހުށައަޅާފައިވަނީ ރައީސް ޔާމީންގެ ފަރާތުންނެވެ.
ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހުށައެޅި މި މައްސަލައިގައި ބުނެފައިވަނީ އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި ބަންދުގެ މުއްދަތު އިތުރު ކުރުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އައިޝަތު ދޮގު ހަދާފައިވާ ކަމަށެވެ.
އެގޮތުން ހެކިންނަށް ރިޝްވަތު ހުށަހަޅާ އަދި ބަޔާނެއް ބަދަލު ކުރަން، ޔާމީން ނުފޫޒު ފޯރުވާކަމަށް އައިޝަތު ވިދާޅުވިނަމަވެސް އެކަން ކުރާކަމުގެ ހެއްކެއް ނެތްކަމަށް ދައުލަތުން ހައިކޯޓުގައި ބުނިކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައި ވީނަމަވެސް، ވަކީލުންގެ ކަންތައްތައް ބެލުމަކީ މިހާރު ބާ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް