ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ސިނާން ކާމިޔާބުކޮށްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ މުޙައްމަދު ސިނާން ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވުނު ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ސިނާން ކާމިޔާބުކުރެއްވީ، 39 ވޯޓުގެ ތަފާތުންނެވެ. ޕްރައިމަރީގައި ސިނާން ޖުމްލަ 226 ވޯޓު ލިބިވަޑައިގެންނެވިއެވެ. ޕްރައިމަރީގައި ދެވަނައަށް ވާދަކުރެއްވި މުޙައްމަދު ސަޢީދަށް ލިބިވަޑައިގެންނެވީ 187 ވޯޓެވެ.
މި މަހުގެ 12 ވަނަ ދުވަހު، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރެ ސިނާންގެ ނަމުގައި ސާބިތު ދަރަނިއެއް ހުރުމުގެ ސަބަބުން، ސުޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައެވެ. ނަމަވެސް، ސިނާން ވަނީ މާ ގިނަ ދުވަހެއް ނުވެ، ގޮނޑިއަށް އަލުން ކުރިމަތިލާނެކަމަށް ބުނެ އޭނާގެ އެކްސް އެކައުންޓްގައި އެކަން އިއުލާންކޮށްފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނީ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، ޢަބްދުﷲ ޞާދިޤެވެ. އޭނާ އަކީ އައްޑޫ ސިޓީ މޭޔަރެއްގެ ގޮތުގައި 10 އަހަރުގެ މުއްދަތެއް އަދާކުރެއްވި ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް