ބެލަރުސްގެ ރައީސް ގެ މަގާމަށް ލުކަޝެންކޯ 7 ވަނަ ފަހަރަށް އިންތިހާބުވެއްޖެ
ބެލަރުސްގެ ރައީސްގެ މަގާމަށް އެލެގްޒެންޑަރ ލުކަޝެންކޯ 7 ވަނަ ފަހަރަށް އިންތިހާބު ވެއްޖެއެވެ.
1994 ވަނަ އަހަރުން ފެށިގެން އެގައުމުގެ ރައީސްކަން ކުރައްވަމުން އަންނަ އުމުރުފުޅުން 70 އަހަރުގެ ލުކަޝެންކޯ ވަނީ މި އިންތިހާބުގައި 87.6 އިންސައްތަ ވޯޓު ހޯދާފައެވެ. މި އިންތިހާބުގައި ލުކަޝެންކޯއާއި ވާދަކޮށްފައިވަނީ އެންމެ ކެނޑިޑޭޓެކެވެ.
މީގެ ކުރިން 2020 ވަނަ އަހަރު އޭނާއަށް ލިބިފައިވަނީ 81.04 އިންސައްތައެވެ.
އެގައުމުގެ އިދިކޮޅު ފަރާތްތަކާއި ޔޫރަޕިއަން ޔޫނިއަން އިންވެސް މި އިންތިހާބު ކުށްވެރިކޮށްފައިވާއިރު، މިކަމާއި ގުޅިގެން ލުކަޝެންކޯ ވަނީ އެ ފަރާތްތަކުން މި އިންތިހާބުގެ ނަތީޖާ ބަލައިނުގަތްނަމަވެސް އެކަމަށް ފަރުވާލެއްނެތްކަމަށް ބުނެފައެވެ.
ލުކަޝެންކޯއާއި ދެކޮޅަށް 2020 ވަނަ އަހަރު ބޮޑެތި މުޒާހަރާތަކެއް ކުރި އިދިކޮޅު ފަރާތްތަތައް ޖަލަށް ލުމާއިއެކު، އޭރު އޭނާ އާއި އިދިކޮޅުވި ފަރާތްތައް މިފަހަރު މަސައްކަތްކޮށްފައިވަނީ އޭނާގެ ފަހަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް