ވޯޓް ދެއްވާ. އިހްލާސްތެރި ހިތަކައިގެން ހިދުމަތްކޮށްދޭނަށް!
މުޅި ރާއްޖެމިވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވެފައެވެ. ގިނަ ރައްޔިތުން ވޯޓް ދެއްވާނެ ފަރާތްތައް ނިންމާފައިވާއިރު އަނެއް ބަޔަކު އަދިވެސް ކެނޑިޑޭޓަކު ނުނެގިފައިތިބޭތަންވެސް ފެނެއެވެ. ވޯޓުލުމަށް ރައްޔިތުން ނިންމަނީ އެ ކެނޑިޑޭޓަކީ ދާއިރާގެ ރައްޔިތުންނަށް އިހްލާސްތެރި ބޭފުޅެއްކަން އެރައްޔިތަކަށް ޔަޤީންކުރެވުމުންނެވެ. އޭގައި އެކި މީހުން ޖަހައި އުޅެނީ އެކި ހިސާބެވެ.
ރ. އިނގުރައިދޫ ދާއިރާއަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އަހްމަދު ހަސަން (ހަސަންޓޭއަކީ) ދާއިރާއަށް މަޝްހޫރު އެންމެނާ ގުޅިގެން މަސައްކަތް ކުރާ ފަރާތެއްކަން އެބޭފުޅާއާ ހިޔާލު ތަފާތު ފަރާތްތަކުން ވެސް ފާހަގަކުރައްވާ ބޭފުޅެކެވެ. އޭނާ ދާއިރާގެ ރައްޔިތުންނާމެދު ބާއްވަވާ ގާތްކަމާއި ހިތްހެޔޮ ކަމަކީ ކޮންމެ ފިކުރެއްގެ ރައްޔިތަކުވެސް ހަސަންޓޭއާއި ހިޔާލު ބަދަލުކުރުމަށް ފަސޭހަވެގެންދާނެކަމެކެވެ.
އެމްޑީޕީ އުފެދުނީއްސުރެން ހަސަންޓޭއަކީ އެޕާޓީގައި ދެގޮތެއްނުވެ އެތައް ގުރުބާނީއެއް ވަމުންއަންނަ ފަރާތެކެވެ. އެމްޑީޕީގެ ރަން ރީދޫ ރާއްޖޭގެ ޗާޓުން އެންމެ ފަނޑު އެއް އަތޮޅު މިއަދު ރީދޫވަމުން އަންނަނީ ހަސަންޓޭގެ ބުރަ މަސައްކަތުންކަން ފާހަގަކޮށްލަންޖެހެއެވެ. ވޯޓް ރަޖިސްޓްރީ ވެއްޖެއާ ހަސަންޓޭ ފައިލް ހިފައިގެން ދާއިރާ ގެތަކަށް ވަދެއެވެ. ޕާޓީގެ ވަފުދުތަކާއެކު ދާއިރާ އެމްޑީޕީއަށް ފަތިކަކޮށްދިނެވެ.
ހަސަންޓޭއަކީ މާދަމާ އޮންނަ މަޖިލިސް އިންތިހާބުގައި އިނގުރައިދޫ ދާއިރާއަށް ކުރިމަތިލައްވާ ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓެވެ. އެހެން ކެނޑިޑޭޓުންނާއި ޙިލާފަށް ހަސަންޓޭ މިނިކުންނަނީ ދާއިރާއަށް ޙާއްސަ އެޖެންޑާއަކާއެކުއެވެ.
އޭނާ ދާއިރާގެ ތަސައްވަރުގެ ތެރޭގައި ދާއިރާގެ ނަރުދަމާއި ފެން ޔަގީންކުރުމާއި ޒުވާނުން ބިނާކުރުމާއި އިޤްތިސާދީގޮތުން ދާއިރާ ބާރުވެރިކުރުމާއި ޒުވާނުން ޑްރަގުން ސަލާމަތްކުރުމަށް ގެންގުޅޭ ސިޔާސަތަކީ ފާހަގަކޮށްލަންޖެހޭ ކަންކަމެވެ. މީގެ އިތުރުން ރާއްޖޭގައި އެންމެ ވަޑިން ގިނަ މި ދާއިރާއަށް ބޭނުންވެފައިވާ ބޯޓްޔާޑް އެންޑް ސްލިޕްވޭ ގެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ފުރަތަމަ ފަހަރަށް ހަސަންޓޭ މިވަނީ ދެއްވާފައެވެ. މިކަން މިހެން ވެއްޖެނަމަ، މިއީ ދާއިރާއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއްކަން ފާހަގަކުރެއެވެ. ހަސަންޓޭއަކީ ސަރުކާރު ކެނޑިޑޭޓްކަމުން ހަސަންޓޭގެ ވައުދު ފުއްދުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ދާއިރާގެ ރައްޔިތުންވަނީ ލޯބިވާ ޕާޓީއާއި ޒަޢީމަށް ދެއްކެވި ފަރާތައް ވޯޓް ދީގެން ދާއިރާ އަދިވެސް އޮތީ ފަސްދޮޅަހުގެ އަހަރުތަކުގައެވެ. މެންބަރުން ދާއިރާއަށް ފިލައި، ދާއިރާއަށް އަޅާނުލާ މަންޒަރަކީ މާޒީގައި ތަކުރާރުކުރުކުރެވި ފަށްކުރެވެމުން އައި ކަންކަންކަމެވެ. މާދަމާ މިއީ އެކަން ތަކުރާރު ކުރުވަން ނުވަތަ ދާއިރާގެ ތަސައްވަރު ބަދަލުކުރުމަށް ރައް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް