ޕީސީބީ ރައީސް ހަމްދީ މަގާމުން ވަކިކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމުން ހަމްދީ އަގީލް ވަކިކޮށްފިއެވެ.
ހަމްދީ ވަކިކުރިކަން ސަރުކާރުން ކަށަވަރުކޮށްދިން ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި ސަރުކާރުގެ ކުންފުނިތައް މޮނީޓާކުރުމުގެ ބޭނުމުގައި ގާނޫނުން އުފައްދާފައިވާ ބޯޑެކެވެ.
ޕީސީބީގެ ބޯޑަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމްދީ ޢައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގައެވެ.
ހަމްދީ މީގެ ކުރިން ވަނީ މޯލްޑިވްސް ރޯޑް ކޯޕަރޭޝަން އަދި ފިއުސް ސަޕްލައިސް މޯލްޑިވްސް ކުންފުނީގެ އެމްޑީގެ މަގާމު އަދާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް