މިހާތަނަށް 52 މަސާޖު ޕާލާ ބަންދުވެއްޖެ: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިހާތަނަށް 52 މަސާޖު ޕާލާ ބަންދުވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން މިރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލްވުން ފެއްޓެވުމުގެ ގޮތުން ރައީސް ވިދާޅުވީ މާލޭގައި ހިންގާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ކުރަމުންދާ މަސައްކަތް ފުޅާކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ ނުވަވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ސަބަބުން 52 މަސާޖު ޕާލާ ބަންދުވެއްޖެ ކަމުގައި ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ރެއިޑްކޮށް ބަންދުކުރި 24 ތަނަކާއި އަމިއްލައަށް ބަންދުކުރި 28 ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެތަންތަން ބަންދުކުރީ މިހާރު ކުރިއަށްދާ އޮޕަރޭޝަނާއި ގުޅިގެން އެތަންތަން ދެން ނުހިންގޭނެކަން އެނގޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ކުޑަ ދުވަސްކޮޅު ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުވެއްޖެ. 52 ތަނުގެ ތެރެއިން 24 ތަން, އެ އޮޕަރޭޝަންގެ ތެރެއިން ގޮސް ވަދެ ފާހަގަވެފައިވާ ކަންކަމަށް ބަލާ އޮންނަ އުސޫލުގެ ތެރެއިން ބަންދުކުރީ އެ ޓީމުން," ރައީސް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް