ސައިކަލުގެ ވަށިގަނޑަށް ދަރިފުުޅު ލައިގެން ދުއްވީ ފުުލުހެއް!
ރޭގެ ވަގުތެއްގައި މާލޭގެ ރިންގްރޯޑްގައި ސައިކަލުގެ ވަށިގަނޑަށް ކުއްޖާ ލައިގެން ދުއްވީ ފުލުހެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއާއި ގުޅިގެން ފުލުހުން ބުނީ އެ ސައިކަލު ދުއްވި ފަރާތް ދެނެގަނެވިފައިވާ ކަމަށާއި އެއީ ފުލުސް އޮފިސަރެއް ކަމަށެވެ.
މި މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްްޓްރީން ދަނީ ތަހުގީގުކުރަމުންނެވެ. އަދި އޭނާގެ ސުލޫކީ މައްސަލަވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްޒް ކޮމާންޑުން ދަނީ ބަަލަމުންނެވެ.
އޭނާގެ ލައިސަންސް ހިފެހެއްޓުމަށް ޓްރެފިކް ޕޮލިހުން ދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް އަދި މީހެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ވެހިކަލް ދުއްވުން ފުލުހުން ކުށްވެރި ކުރާކަމަށާއި އަދި މިފަދަ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި މަގުމަތީ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެންމެހާ ގަވާއިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް