ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ
އިއްވާފައިވާ ހުކުމް ތަންފީޒުކޮށް ނިމުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ހަމީދު މިނިވަންވެއްޖެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާއި ގުޅިގެން އަލީ ހަމީދު ހައްޔަރުކޮށް އެބޭފުޅާގެ މައްޗަށް ތަފާތު ދައުވާތަކެއް އުފުލުނެވެ. އޭގެ ތެރޭގައި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި ގާނޫނީ ވާޖިބު އަދާކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުން ހިމެނެއެވެ.
މީގެ ތެރެއިން ދެވަނަ ދައުވާ އުފުލިގެންދިޔައީ ފުލުހުންގެ ތަހުގީގަށް އެބޭފުޅާގެ ފޯނު ނުދެއްވައިގެންނެވެ.
މި މައްސަލައިގައި އަލީ ހަމީދަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް، ހައިކޯޓުން ފަހުން ވަނީ ބާތިލްކޮށްފައެވެ.
އެހެންކަމުން އަލީ ހަމީދުގެ މައްޗަށް ދައުވާ އުފުލުނު މައްސަލަތަކާއި ގުޅިގެން ތަންފީޒުކުރަންޖެހޭ ހުކުމްތައް ވަނީ ތަންފީޒުކޮށް ނިމިފައެވެ. މިކަން ވަނީ ކަރެކްޝަންސްގެ މީޑިޔާ އޮފިޝަލްވެސް ޔަގީންކޮށްދެއްވާފައެވެ.
އަލީ ހަމީދު މިވަގުތު ހުންނެވީ ގޭބަންދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް