ކަނޑުމަގުން ހަތް ކިލޯގެ ޑްރަގް އެތެރެކުރަން އުޅެފި، 10 ބިދޭސީން ހައްޔަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހުއްޓުވާ އެ މީހުން ހައްޔަރު ކޮށްފި އެވެ.
ކަނޑުމަތީން ހުއްޓުވާ ފާސްކުރި އެ ބޯޓްގައި ތިބީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނޭޝިޔާގެ ތިން މީހެކެވެ. އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބައިތިއްބަން ވަނީ އަމުރުކޮށްފަ އެވެ.
ބައެއް މީހުން ބަންދު ކުރީ އެއް ދުވަހަށެވެ. އަނެއް ބަޔަކު ފަސް ދުވަހަށެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ދިގު ކުރީ ތަރުޖަމާނަކު ބޭނުންވާތީ އެ ފުރުސަތު ދިނުމަށެވެ.
ކޯޓްގައި ފުލުހުން ބުނި ގޮތުގައި އެ މީހުން ދަތުރުކުރި ބޯޓުން ހަތް ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް