އަންނަ އަހަރުގެ މަސައްކަތު ތާވަލް ހުށައެޅީ އެންމެ އެގާރަ އަތޮޅު ކައުންސިލުން!
ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އަންނަ އަހަރުގެ މަސައްކަތު ތާވަލް ހުށައަޅާފައިވަނީ އެންމެ އެގާރަ އަތޮޅު ކައުންސިލުންކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ބުނެފިއެވެ.
އެލްޖީއޭއިން ބުނީ އަންނަ އަހަރުގެ މަސައްކަތް ތާވަލް ތައްޔާރުކޮށް މިއަހަރުގެ އޮގަސްޓް މަހުގެ 31ވަނަ ދުވަހާއި ހަަމައަށް ހުށައެޅުމުގެ މުހުލަތެއް ދެވުނުކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މަސައްކަތު ތާވަލް ހުށައަަޅާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އެގާރަ އަތޮޅު ކައުންސިލަކުންނެވެ.
އެއީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިތުރުން ފާދިއްޕޮޅު އަތޮޅު ކައުންސިލާއި، މާލެއަތޮޅު އަތޮޅު ކައުންސިލާއި، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލެވެ. އަދި ފެލިދެ އަތޮޅު އަތޮޅު ކައުންސިލާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ހައްދުންމަތީ އަތޮޅު ކައުންސިލާއި، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލު ރަށު ކައުންސިލުތަކުން އަތޮޅު ކައުންސިލްތަކަށް ހުށަހަޅަން ޖެހެއެވެ.
އަދި އެ ތާވަލްތައް އޮގަސްޓް މަސް ނިމުމުގެ ކުރިން އެލްޖީއޭއަށް ހުށައެޅުމަކީ އަތޮޅު ކައުންސިލްތަކުގެ ޒިންމާއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް