މޯލްޑިވިއަންއަށް އިތުރު ދެ ބޯޓު ގެންނަނީ
އެއާޕޯޓްތައް އިތުރުވާތީ، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކަށް އިތުރު ދެ ބޯޓް ގެންނަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް ކޮމިޓީގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެ ދެ ބޯޓު ގެންނަނީ އަލަށް ހުޅުވާ އެއާޕޯޓުތަކަށް ދަތުރު ކުރުމަށް ކަމަށެވެ.
ރިޒްވީ ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި އިތުރު ހަތަރު އެއާޕޯޓް ހުޅުވާނެއެވެ. އެހެންކަމުން މިހާރު އުދުހެމުންދާ ބޯޓްތަކަށް ދުވަހުން ދުވަހަށް ދައތުރުތައް ކުރަން ދަތިވެ ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށް ބެލެވޭތީ އިތުރު ދެބޯޓް ގެންނަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މޯލްޑިވިއަނުން ރާއްޖޭގެ 11 އެއާޕޯޓަކަށް ދަތުރު ކުރަނީ 10 މަތިންދާ ބޯޓަކުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް