ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ޔާމީނާއި އެކު އަތޮޅުތަކަށް!
ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން އަތޮޅުތަަކަށް ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.
އެ ދެ ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުުރުގެ މައިގަނޑު އަމާޒަކީ ކައުންސިލް އިންތިޚާބަށް ތައްޔާރުވުން ކަމަށެވެ.
އަދި މި ދަތުރުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ދަތުރުތައް ފެއްޓުމަށް ހަމަޖެހިފައިވަނީ ހއ.އަތޮޅުންނެވެ.
ޝުޖާާއު އިތުރަށް ވިދާޅުވީ އެ ދެ ޕާޓީން މި ދަތުރުތަކުގައި ޖަލްސާތަކާއި ކަންމަތީ ޖަލްސާތައް އަދި ޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އަދި މުޒާހަރާ ކުރަން ޖެހިއްޖެ ހާލަތެއް އައިސްފިނަމަ ދެ ޕާޓީން މުޒާހަރާވެސް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް