މަޖިލިސް ހިންގުމަށް އާ ގަވާއިދެއް ހަަދަނީ
ރައްޔިތުންގެ މަޖިލީސް ހިންގުމަށް އާ ގަވާއިދެއް ހެދުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިސް ހިންގާނެ އާ ގަވާއިދެއް ޑްރާފްޓްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އެ ގަވާއިދު އާންމުކުރާނެކަމަށެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް މަޖިލީހުގެ ހިންގާ ގަވާއިދު ބަދަލުކުރެވުމުން، މަޖިލީހުގެ މެމްބަރުންނާ ގުޅޭ ކަންކަމުގައި ހާމަކަން ބޮޑުވެ، މަޖިލީހުގެ ނަޒާހަތްތެރިކަން ބޮޑުވެގެންދާނެއެވެ. އަދި މި ޑްރާފްޓް އާ މަޖިލީހުގެ ކެމްޕެއިން އަށް ނެރެ، މަޖިލިސް ނަޒާހަތްތެރިކުރަން އުޅޭ ކަންކަން ރައްޔިތުންނަށް ފާހަގަކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ރައީސް ނަޝީދު މައްޗަންގޯޅި މެދު ދާއިރާއިން ވާދަކުރައްވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް