ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމާއި ބައެއް މީޑިއާތައް ގުޅިގެން މާދަމާ ތެލެތޯނެއް ފަށަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާ އާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ އާއި އަމިއްލަ ބައެއް މީޑިއާތައް ގުޅިގެން ތެލެތޯނެއް ފެށުމަށް ނިންމައިފިއެވެ.
ޕީއެސްއެމުން ބުނީ މި ތެލެތޯން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން މެންދަމު 01:00 ގެ ނިޔަލަށް ކަމަށެވެ. ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެގާތް ގުޅުމެއް އޮންނަ އަދި އެންމެ ކަރިރީގައިވާ އަވައްޓެރި ޤައުމެވެ. އެހެންކަމުން އެޤައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުަރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.
ޕީއެސްއެމުން ވަނީ މި ތެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ދީފައެވެ. މީޑިއާގެ އިތުރުން މި ތެލެތޯނުގައި ޖަމއިްޔާ ޖަމާއަތްތަކާއި ކްލަބް އަދި އޮފީސްތަކަށްވެސް ބައިވެރިވެވޭނޭކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.
ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވޮއިސް އިންވެސް ވަނީ މި ތެލެނޯނުގައި ބައިވެރިވުމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް