ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ޓޯވ ކުރަންފަށަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވާއިދާ ހިލާފަށް، ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލު ކޮށް، ޓޯވ ކުރަންޖެހޭ އުޅަނދުތައް ޓޯވ ކުރަން ފެށުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި ބަހައްޓާފައި ހުރި އުޅަނދުތައް ޓޯވ ކުރަން ފަށާނީ މިމަހު 14 ވަނަ ދުވަހުގެ ހެނދުނު 8:00އިން ފެށިގެންނެވެ.
އަދި މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކަމަށްވެސް ބުންޏެވެ.
ހުޅުމާލޭގައި ގަވާއިދާއި ޚިލާފަށް މީހުންނަށް އުނދަގޫވާގޮތަށް ބަހައއޓާފައި ހުރި އުޅަނދުތައް ޓޯވ ކުރަން ފށާއިރު، ފުލުހުން އަންނަނީ އަންނަނީ މާލޭގެ މަގުތަކުގައިވެސް ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ.
އެގޮތުން މި އަހަރުގެ މާޗް 13 ވަނަ ދުވަހުން ފެށިގެން މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަންދުތައް ޓޯ ކުރުމުގެ މަސައްކަތް ކޮންމެ ރެޔަކު ފުލުހުން އަންނަނީ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް