ރައީސް މައުމޫންގެ އެމްއާރްއެމް އުފެއްދުމުގެ ހުއްދަދީފި
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމެންޓް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
މި ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ޑރ.އިބްރާހިމް ހަސަންްއަށެވެ.
މި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް މިއަދު އީސީގައި އޮތް ރަސްމިއްޔާތުގައި ވަނީ އެމްއާރްއެމްގެ އިސް ފަރާތްތަކަކުން ބައިވެރިވެފައެވެ.
އެމްއާރްއެމްއަށް މި ހުއްދަ ދޫކޮށްފައިވަނީ ސައްހަ 3،000 މެންބަރުންގެ ސޮއި ހިމެނޭ ފޯމް ކޮމިޝަނަށް ހުށަހެޅުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް