N/A
N/A
ހަބަރު 07 Oct 2019 | 03:34

ރައީސް ޖެހިލުންވަނީތޯއެވެ؟

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކުގެ ނަމުގައި މައްޗަންގޮޅީ ބޯގަންވިލާ ޝަހިންދާ އިސްމާއީލްއިސްވެ ހުރެ ކީރިތި ގުރުއާންގައިވާ ބައެއްކަންކަމަށް ހަޖޫ ޖަހައި މި އުއްމަތުގެ މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ނެރެފައިވާ ފިތުނަ ފަސާދައިގެ ރިޕޯޓް މިހައިތަނަށްއައި އިރުވެސް ރާއްޖޭގެ ވެރިކަންކުރާ ޕާޓީ އެމްޑީޕީއާއި ސަރުކާރުގެ އެންމެ އިސްވެރިޔާ ބަސްފުޅެއް ވިދާޅުނުވެ ހަނުހުންނަވާފައިވާތީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދެންޖެހެއެވެ.

އެހެނީ މިރިޕޯޓްގައި ބަޔާންކޮށްފައިވާކަމަކީ އާދައިގެ ވާހަކައެއް ނުވުމެވެ. ސީދާ ﷲގެ ކަލާމްފުޅުގައި ބަޔާންކުރައްވާފައިވާ އިސްރާއާއި މިއުރާޖްގެ ވަހީގެ ބަސްފުޅަކީ ސައިންސުގެ އަލީގައި ބުއްދި ގަބޫލުނުކުރެވޭ ވާހަކައެއްކަމަށް ބުނުމެވެ. ދެން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްބަސްފުޅުތަކަށް ގޮންޖެހުމެވެ.

މިއީ އިސްލާމެއްގެ އެންމެ މަތީ މަސްލަހަތެވެ. ކީރިތި ﷲގެ ވަހީގެ ބަސްފުޅުކަމުގައިވާ ކީރިތި ގުރުއާންއާއި ކީރިތި ރަސޫލާއަށްވުރެ މަތީ މަސްލަހަތެއް މިދިވެހި އުއްމަތުގައިވޭތޯއެވެ. އެކަމަކު މިފަދަ ނުބައި ޖަރީމާއެއް ހިންގުމުން ސިޔާސީ މަގްސަދަކަށްޓަކައި ހަމަހިމޭންކަން ޚިޔާރުކުރެއްވީއެވެ. އަނެކަކު އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އެރިޕޯޓްގެ ދިފާއުގައި މަސައްކަތްކުރައްވާތަން ފެންނަމުންދެއެވެ. އެކައްޗެއް ބުނުމުން އޭނާގެ ފޮލޯވަރުން ހިތް ހަމަނުޖެހުނީމާ އަނެއް އެއްޗެއް ކިޔައިގެން ވިޔަސް ފަރުޖެއްސޭތޯބަލަނީއެވެ. އެންމެފަހުން މިހާރު އޭނާގެ ފޮލޯވަރުން ރުހޭކަހަލަ އެއްޗެއް ބުނެ ފަރުޖައްސާލައިފިއެވެ.

މިމައްސަލަ ސީރިއަސްވަނީ މިއީ މިލޮބުވެތި ދިވެހި އުއްމަތުގެ ޝަރަފާއި ކަރާމަތާއި ގުޅޭކަމަކަށްވުމުގެ އިތުރަށް އެއީ ރައްޔިތުން ތިމާއާއި ހަވާލުކުރި ވެރިކަމުގެ ބާރާއި ހަވާލުވުމަށް ދިވެހި މުސްލިމް ރައްޔިތުން ތެދުކޮށް ކަށަވަރުކޮށްފައިވާ ﷲ ތައާލާގެ ވަހީގެ ބަސްފުޅު، ކީރިތި ގުރުއާންގެ ކޮޕީއެއް ކުރިމަތީގައި ބާއްވައިގެން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ހުންނެވި ފަރާތަކަށްވީއިރު ކީރިތި ގުރުއާންގެ ހުރުމަތްކަނޑައިލުމަށް، ﷲގެ ވަހީގެ ބަސްފުޅަކީ ދޮގު އެއްޗެއްކަން ސާބިތުކޮށްދިނުމަށް މަސައްކަތްކުރިހިނދު އެއީ އެއްވެސް ކަމެއްނޫންކަން ދޭހަކޮށްދޭ މޭރުމަކުން އަމަލުތައް ބަހައްޓަމުންދާތީއެވެ. މިއީ ވެރިއެއްގެ ފިނޑިއަމަލެކެވެ. ލާދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ސެކިއުލަރިސްޓް ބައެއްގެ ކުރިމަތީގައި ނިކަމެތިވެގަނެ ބޯލަނބަލައިލުމެކެވެ.

ދިވެހި ރައްޔިތުން އިބްރާހިމް މުހައްމަދު ސާލިހް ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރީ ފޮނި އުއްމީދުތަކަކާއެކުއެވެ. އެރައްޔިތުންގެ ދީނާއި ދުނިޔޭގެ ކަންކަން ކުރިއަރުވައި ތަރައްގީކުރުމަށެވެ. އެދިވެހި ރައްޔިތުން އެމީހުންގެ ރައީސަކު އިޚްތިޔާރުކުރީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް އިހާނެތި ބަސްބުނަން އެރައްޔިތުން ރުހޭކަން ދައްކާކަށްނޫނެވެ. ދިވެހި މުސްލިމް ރައްޔިތުންގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ތެދުވެވަޑައިގަންނަވަންޖެހޭނެއެވެ.

ކީރިތި ގުރުއާނާއި ރަސޫލާއަށް ފުރައްސާކޮށް އަދި މިމުޖްތަމައުގައި ހުރެގެން ކުރިކަންތައް ދިފާއުކޮށް ގަދަބަސްބުނަމުންދާއިރު ދިވެހި ރައްޔިތުންގެ ހައްގު އަދާކުރުމަށް ކުރިއަށް ނުކުމެވަޑައިގަންނަވަންޖެހޭނެއެވެ. އަމިއްލަ ޕާޓީގެތެރޭގައި ލާދީނީ ފިކުރަށް ހިތްޖެހި މަގުގެއްލިފައިވާ ބަޔަކު ތިއްބަސް އަދިވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއްކަމަށް ދިވެހި ރައްޔިތުންނަށް ގަބޫލުކުރަން ދައްޗެވެ. މަނިކުފާނުގެ ޕާޓީގެތެރެއިން ބަޣާވާތެއްކޮށްފާނެކަމަށް ބިރުފުޅުގެންވަޑައިގަންނަވަނީތޯއެވެ. ހިމޭނުންހުންނެވުން އެއީ ލާދީނީ ނުވަތަ ސެކިއުލަރިސްޓް ބައިގަނޑުގެތެރޭގައި ހުންނެވުންކަމަށް ދެކޭ ރައްޔިތުން ގިނަވެދާނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. އޭނާއަށް ވޯޓްދިން މައްޗަންގޮޅީ ދާއިރާގެ ރައްޔިތުން އޭނާ ހޮވީ އޭނާއަކީ ކޮންކަހަލަ ވަނަވަރެއް އޮތް ދީނީގޮތުން އޭނާ ދައްކާ ވާހަކަތައް ރަނގަޅަށް އެގިތިބެ އެވެ. އޭނާއަށް ވޯޓްދިން މީހުންނަކީ އޭނާގެ ފަލްސަފާއަށް ތާއީދުކުރާ ބަޔަކަށްވުމުން އޭނާގެ ބަހަކީ އެދާއިރާގެ މެޖޯރިޓީ ރައްޔިތުންގެ އަޑުކަމަށް ބަލަންޖެހެއެވެ. ކީރިތި ގުރުއާނަށް ހަޖޫޖަހައި ރިޕޯޓްތައްޔާރުކޮށް ނެރުމުން އެއީ ކުށްވެރިކުރަންޖެހޭ ވަރުގެ ބޮޑުކަމަކަށް ރައީސް މުހައްމަދު ނަޝީދަކަށް އަދި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީއަކަށްނުވިއެވެ. އޭގެ ބަދަލުގައި ކުށްވެރިކުރެއްވީ އެރިޕޯޓަކާއި ދެކޮޅުހަދައި ބަސްއިއްވި މީހުންނެވެ. ފިތުނަވެރިންނަކީ އެއީއެވެ. ޕާޓީގެ އެހެން ވެރިން ތިއްބެވީ ކަހާތަން ހިރުވާވެސް ނުލައެވެ. ނަޝީދު އެއްލެވި ވަލުގައި ގަދަޔަށް ހިއްޕަވައި ވީހާލެއްގައި ވެގަތުމަށެވެ. ހީވާގޮތުން އެޕާޓީގެ ރަސްމީ ބަޔާންތައް ލިޔަންގެންގުޅޭ ކަރުދާސްތައް މިހާރު ހުސްވެފައިވަނީއެވެ. ބޭނުންނުކުރާތާ ގިނަދުވަސްވުމުން ތައްގަނޑުންވެސް ދެލި ހުސްވިއެވެ. ޕާޓީއަށް ނިސްބަތްވާ އިންޑިވިޖުއަލް މީހަކު ޓްވީޓާގައި އެއްޗެއް ބުންޏަސް، ބަސްތައް ހުންނަނީ ހިތްބިރުގެންފައިވާ މީހަކު މަޖްބޫރުން އެއްޗެއް ބުނެލާފަދަ ރާގެއްގައެވެ.

ޝަހިންދާ އިސްމާއީލުގެ އަތްމަތިން މިނެރުނު ރިޕޯޓަކީ އޮޅިގެން ނުވަތަ ނޭގިތިބެ ނެރެފައިވާ ރިޕޯޓެއްނޫނެވެ. މިއީ މީގެ ދެތިން އަހަރުކުރިން ތައްޔާރުކޮށް ވަގުތުއަންނަންދެން ފޮރުވާފައި ބޭއްވުމަށްފަހު ސީދާ ވަގުތުގައި ނެރުނު ރިޕޯޓެކެވެ. މިރިޕޯޓް ނެރުމަށްޓަކައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ވާހަކަތައް މެކުހަށްޖަހައި، ސަލާމަތީ ބާރުތައް އެލާޓަށް އައިސް، އެންމެންގެ ދޫދޫމަތިން ދެކެވޭ ވާހަކައަކަށް އެވާހަކަވެއްޖެއުމަށްދާންދެން ރިޕޯޓްގައި ހިފަހައްޓައިގެންތިބީއެވެ. މިރިޕޯޓް ނެރުމާއެކު އެއްބަޔަކު ބެލީ މިއީ ޔާމީންގެ ވެރިކަމުގައި ނެރެފައިވާ އެއްޗެއްކަން ދައްކައި، އެވާހަކަތައް އޮއްބައިލެވޭތޯއެވެ. އަދާލަތު ޕާޓީ ކުރިއަށް ނެރުނީ މިސިޔާސީ ކުޅިއެވެ.

ޝަހިންދާ އިސްމާއީލްގެ ޖަމްއިއްޔާގެ ރިޕޯޓް ކިޔާލުމުން ދިވެހި ރާއްޖޭގެ ފުލުހުންގެ އިންޓެލިޖެންސުން މިބައިމީހުންނަށް އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދީފައިވާކަން ދޭހަވެއެވެ. މިރިޕޯޓް އާއްމުކުރުމުން ފުލުހުންގެ އިދާރާއިން އަމަލުކުރިގޮތަކީވެސް ނުހަނު ހިތާމަކުރަންޖެހޭކަމެކެވެ.

އަނދިރި ދައުލަތްތައް ހާމަވަމުންދިޔުން

ކޮންމެއަކަސް ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަޔަކު މިއުފެއްދި ގަނޑުބަޑަކަށްފަހު ދޭހަކޮށްދިން އެއްޗަކީ ދިވެހި ދައުލަތުގެ ތެރޭގައި ތިން ދައުލަތެއް އުފައްދައިގެން އުޅޭކަމެވެ. ދިވެހި ދައުލަތާއިޖެހި ގަރާރުވެގެން އޮތް އެއް ދައުލަތަކީ ލާދީނީކަމުން ހައްދުފަހަނައަޅާފައިވާ ބަޔަކު އަޑީގައިތިބެގެން ހިންގާ ނުހަނު އަދިރިކަން ހުރި ކަޅުއަދިރި ދައުލަތެކެވެ. އެއީ ޔަހޫދީ މުސްތަފާކަމާލް އަތާތުރުކް ތައާރަފްކުރުފަދަ ދައުލަތެކެވެ. މިދައުލަތަށް ތާއިދުދެނީ ހުޅަގުގެ ނުފޫޒުގަދަ އެކިފަރާތްތަކުންނެވެ. މިދައުލަތް ހިންގުމުގައި ދިވެހި ރައްޔިތުންގެ ޓެކްސްފައިސާ ބޭނުންކުރަމުންދާކަމަށް ޝައްކުކުރެވޭނެ ޖާގަ އެބައޮތެވެ. އެއީ ފެންނަ ފަށުގައި ތިބި މީހުންގެ ގޮތުންނެވެ.

ދެވަނަ އަދިރި ދައުލަތަކީ ޚަވާރިޖުންފަދައިން ހަރުކަށިވެ ހައްދުފަހަނައަޅައި ތިމާމެން ނޫން އެހެން އެންމެންނަކީ ކާފަރުންކަމަށް ތައްގަނޑުޖަހައި މިލޮބުވެތި ދިވެހި ދޮންވެލި ބިމަކީ މުޑުދާރު ބިމެއްކަމަށް ކަނޑައަޅައިގެންތިބި ބަޔަކު ހިންގާ ދައުލަތެކެވެ. މިބައި މީހުން ގިނަގިނައިން ނަމާދުކުރެތެވެ. ގިނަގިނައިން އެހެންމީހުން ކާފަރުކުރެތެވެ. ހަގީގަތުގައި މިދައުލަތްވެސް ހިންގުމުގެ އަޑީގައިތިބީ ރާއްޖޭގެ ސިޔާސީ ބާރުގަދަ ފަރާތްތަކެވެ. އެހެންނޫންނަމަ މިދައުލަތް ނައްތައިލެވުނީހެވެ.

ތިންވަނަ ދައުލަތަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން ދިވެހި ދައުލަތެވެ. އެއީ ދިވެހިންގެ ޙުއްބުލް ވަތަނުގެ ދައުލަތެވެ. އެއީ ވިއްސިވިހާލިވެފައިވަނިކޮށް އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް އެއްވާފަށަކުން ގުޅުވައިދީ މިއަދާއިހަމައަށް އަޅުގަނޑުމެންނާހަމައަށް ގެނެސްދިން ސައްތައިން ސައްތަ އިސްލާމީ ދިވެހި އުއްމަތުގެ ދައުލަތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...