އުމްރާގެ އަޅުކަން އަދާކުރުމަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދާ ދިވެއްސަކީ ޔަލަމްލަމް ގުރޫޕާއެކު އުމްރާއަށްދިޔަ ޏ. ފުވައްމުލަކު/ ސްޓެއްލާ، އުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީއެވެ. މިކަމާ ގުޅޭގޮތުން ޔަލަމްލަމް ގުރޫޕުން ބުނީ އުމްރާގެ އަޅުކަން ދާކުރުމަށް ހުސައިން މުހައްމަދު، ސައުދީއަށް ގޮސްފައިވަނީ އެ ޖަމާއަތުގެ އުމްރާވެރިންނާއެކު އިއްޔެގެ ފްލައިޓުން ކަމަށެވެ. އޭނާ ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސަޢީ ކުރަނިކޮށް އާއިލާއާ ވަކިވެގެން ކަމަށެވެ. ހުސައިން މުހައްމަދު ގެއްލުނުއިރު އޭނާ ހުރީ އިހުރާމުގައެވެ. އެ ގްރޫޕުން ބުނީ އޭނާގެ ކަރުގައި އެ ޖަމާއަތުގެ ފާސް އޮންނާނޭކަމަށެވެ.
ހުސައިން މުހައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ މައްކާއިން 565836862 966+ / 593709493 966+ ނަންބަރަށް ގުޅުމަށް އެޖަމާއަތުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖެއިން ނަމަ 9199919 / 7901612 އިން ނަންބަރަކަށް ގުޅުމަށްވެސް ޔަލަމްލަމް ޖަމާއަތުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް