ރާއްޖެ އަދި އެމެރިކާގެ ދިފާއީ ގުޅުންތަކާއި ބެހޭގޮތުން މަޝްވަރާކޮށްފި
ރާއްޖެއާއި އެމެރިކާއާއި ދެމެދު ދިފާއީ ދާއިރާއިން ގުޅުންތައް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ރެންޑަލް ޝްރައިވަރ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި މަޝްވަރާތަކުގައި ދެގައުމުގެ ދޭދޭ ގުޅުންތައް ބަދަހިކުރުމާއި ބެހޭގޮތުން ވާހަކަ ދެކެވުނު އިރު، މި ބައްދަލުވުމުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެލައިނާ ބީ. ޓެޕްލިޒް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޝާޙިދުގެ އިތުރުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް އާއި، ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް